ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިންތަކެއް ރޭގެ ވަގުތެއްގައި އަނެއްކާވެސް ދޯންޏަކަށް އެރިކަމުގެ ތުހުމަތު!

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރު ބަލަހައްޓަން ވެސް 25 އިންޑިއާ ސިފައިމް، އަދި ޑޯނިއާއަށް ވެސް 25 ސިފައިންތިބޭ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިންތަކެއް އަނެއްކާވެސް ރާއްޖޭގެ މަސްދޯންޏަކަށް އަރާފައިވާކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ދެ ގައުމުގެ ދެމެދު ބޭއްވުނު ދެވަނަ ކޯރގުރޫޕު ބައްދަލުވުމުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާމަކޮށްފައިވާއިރު، މި މަސައްކަތްތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދު ބައެއް މައްސަލަތައްވެސް ފެންމަތިވަމުން އެބަދެއެވެ. އެގޮތުން އެންމެ ފަހުން ދިމާވެފައިވަނީ އިންޑިއާގެ ސިފައިންތަކެއް ދިވެހި މަސްދޯންޏަކަށް އަރައި ބަލާ ފާސްކޮށްފައިވާ މައްސަލަ ކަމަށްވާއިރު މި އަމަލު ހިންގާފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދީ އިމުގެ ތެރޭގައެވެ. ސަރުކާރުންވަނީ އިންޑިއާއިން އެ ކަމުގެ ތަފްސީލުތައް ހިއްސާކޮށް ޖަވާބުދާރީވުމަށް އެދިފައެވެ.

އެ މައްސަލައިގައި އަދި ޖަވާބެއް ލިބިފައިނުވާއިރު، ދެވަނަ ދޯންޏަކަށް އިންޑިއާގެ ސިފައިން ރޭގެ ބާރަ ޖެހިއިރާއި ގާތް ވަގުތެއްގައި އަރާފައިވާ މައްސަލައެއް މިހާރު އަނެއްކާ ވަނީ ހޫނުވެފައެވެ. މައުލޫމާތު ލިބިފައިވާގޮތުން މި ފަހަރު އިންޑިއާގެ ކޯސްޓު ގާޑުން ހުއްޓުވާފައިވަނީ ހއ މުޅަދޫ ބޭރުގައި އޮންނަ ކަނދުފައްޗާއި 3 މޭލު ގާތުން ދުއްވަމުންދިޔަ އުޅަނދެކެވެ. ބައެއް ފަރާތްތަކުންވަނީ ބިރުދެއްކުމުގެ އަމަލުތަކެއްވެސް ހިންގާފައިވާކަމަށް ރިޕޯޓުކޮށްފައިކަން ފާހަގަކުރެވެއެވެ. މި ދަތިތައް ކުރިމަތިވެފައިވަނީ ހއ އިހަވަންދޫ އަށް ނިސްބަތްވާ “މާހޯރަ 3” ކިޔާ ދޯންޏަކަށް ކަމަށްވެސް ބުނެފައިވެއެވެ.

ދޯނީގެ ކެޔޮޅުވަނީ މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވާގޮތުން އިންޑިއާގެ އަސްކަރިއްޔާއިންވަނި އެ ދޯންޏަށް މަޑުކުރުމަށް އަމުރުކޮށްފައެވެ. އެހެންނަމަވެސް މަޑުނުކުރުމުން އިންޒާރުތައް ދޭންފެށިކަމަށާއި އެއާއިއެކު ހަމަލާއެއް ދީފާނެކަމުގެ ބިރު އޮތުމުން ދޯނި ހުއްޓާލިކަމަށް ހިއްސާކޮށްފައިވެއެވެ. އަދި ރޭ ދޯންޏަށް އެރި ސިފައިން ތިބީ ބަޑިހިފައިގެންކަމަށާއި އެ މީހުން ތިބީ ދޯނީގައި ތިބި މީހުންނަށް ބަޑިތައް އަމާޒުކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.

އެނާ ބުނެފައިވާގޮތުން އޭނާވަނީ އެމްއެންޑީއެފްއިން މިފަދަ ހާލަތެއްގައި އަމަލުކުރުމަށް އިރުޝާދުތަކެއް ދީފައިވާކަންވެސް ދޯންޏަށް އެރި އިންޑިއާގެ ސިފައިންނާއި ހިއްސާކޮށްފައެވެ. އަދި ބަޑިތައް އަމާޒުނުކުރުުމަށް އެދުނުކަމަށްވެސް އޭނާ މައުލޫމާތު ދީފައިވާއިރު ބަޑިތައް އަމާޒުކޮށްފައި ތިބެ މީހުން ފާސްކުރުމަކީ ސިފައިން އާންމުކޮށްވެސް އަމަލުކުރާ ގޮތްކަމަށް އޭނާގެ ގާތުގައި ބުނިކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެއަށްފަހު ކުރި ސުވާލުތަކަށް ޖަވާބެއް ނުދިނުމުން ދޯނި ރަނގަޅަށް ބަލާ ފާސްކުރުމަށްފަހު ފައިބައިގެންދިޔަކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: