ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ގުޑިލިޔަސް ބަޑިޖަހާނެކަމުގެ އިންޒާރު ދިން: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

އިންޑިއާގެ ސިފައިން ދިވެހި މަސްދޯންޏަކަށް ގާނޫނާއި ހިލާފަށް އަރާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިންތަކެއް ދިވެހިރާއްޖޭގެ މަސްވެރިންތަކަކަށް ބިރުދެއްކިކަން ކަށަވަރުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މަސްދޯންޏަކަށް ހަމަލާ ދޭނެކަމުގެ އިންޒާރު ދީގެން ހުއްޓުވައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިންތަކެއް އަރައި ދޯނީގެ ފަޅުވެރިންނަށާއި ކެޔޮޅަށް އިންޒާރު ދީފައިވާ މައްސަލައެއްވަނީ ހުނުވެފައެވެ. ހާދިސާ ދިމާވި ދޯނީގައި އިސްކޮށް ހުންނަވާ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އިންޑިއާގެ ސިފައިން “މާހޯރަ 3” ކިޔާ ދޯންޏަށް އަރާފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ. އަދި ފަޅުވެރިންނާއި ދިމާލަށް ބަޑިތައް އަމާޒުކޮށްގެން ތިބިކަމަށާއި ސުވާލުތަކެއް ކުރިކަމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ސަންގުއިންވަނީ އެމްއެންޑީއެފްގެ ބަހެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެމްއެމްއެންޑީއެފްގެ ޖަވާބެއް މިހާތަނަށް ލިބިފައިނުވެއެވެ. މީޑިއާތަކުގައި ޝާއިއުކުރެވެމުންދާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަަކައި ސަންގުއިންވަނީ މަސްވެރިންގެ ފަރާތުންވެސް ބަހެއް ހޯދުމަށް މަސައްކަތްކޮށްފައެވެ.

އެގޮތުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ޖަމިއްޔާ (ބީކޭއެމްޔޫ) ގެ ރައީސް ހުސައިން ނަޝީދު އާއި ގުޅާލުމުން އޭނާވަނީ ހާދިސާއާއި ގުޅޭގޮތުން ދައުރުވަމުންދާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، މި ނުރައްކާތެރި ހާދިސާ ކުރިމަތިވެގެންދިޔަ ދޯނީގެ ކެޔޮޅާއި އެކަމާއި ގުޅޭގޮތުން ވާހަކަ ދެކެވުނުކަމަށާއި، ކެޔޮޅު ހިއްސާކޮށްފައިވަނީ ކަން ހިނގައިދިޔަ ގޮތަކަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި މީގެ ކުރިން ހިނގައިދިޔަ މައްސަލައިގައި ސިފައިން އަމަލުކޮށްފައިވާ ގޮތާއި މިހާދިސާގައި އަމަލުކުރި ގޮތާއިވެސް ތަފާތުކަމަށް އޭނާ ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، މި ފަހަރު ސިފައިން އަމަލުކޮށްފައިވަނީ ކުރިއާއި އަޅާ ބަލާއިރު އެގްރެސިވް ގޮތަކަށް ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.  ނަޝީދު ވިދާޅުވީ، ބަޑި އަމާޒުކޮށްގެން ތިބި ސިފައިން ދޯނީގައި ތިބި މީހުން ކިރިޔާ ގުޑިލިޔަސް ބަޑި ޖަހާނެކަމުގެ އިންޒާރުތައްވެސް ދެމުންދިޔަކަމަށެވެ.

އިންޑިއާ ސިފައިންގެ ފަރާތުން ދިވެހި މަސްވެރިންނަށް ނުރައްކާތަކެއް ކުރިމަތިވަމުންދާކަމަށް ބުނެ ރިޕޯޓުތައް ކުރެވެމުންދާއިރު، ދެ ގައުމުންވަނީ ދާދި ފަހުން ބައްދަލުވުމެއް ބާއްވާ ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިކަމަށް ރާއްޖޭގެ ސަރުކާރުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 30%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މަސްވެރިންގެ ޔުނިއަނާ މަސްވެރިން ބުނާއެއްޗެއްގެ ތެދުދޮގުޔަގީން ކުރަންޖެހޭ. ދިވެހި މަސްވެރިން ކިތަންމެފަހަރަކު އިންޑިއާ ސަރަހްއްދައް ވަދެ މަސްވެރިކަން ކޮއްފައެބަހުރި. އަދިއެކަން ނުކުރުމަށް ނަސޭހަތް ދީފަވެސް އެބަހުރި. އެންމެ ރަގަޅުގޮތަކީ އެމްއންޑިއެފް ބަހެއްނުލިބެނީސް މިފަދަ އެއްކޮޅުގެ ރިޕޯޓު އާންމުނުކުރުން. މަސްވެރިން އައިނެއްފެނިގެން ދާއިރުނުބަލާނެ ސަރަހައްދަކަށް. ފެންނަހިސާބުގަ ކޯސްޓުގާރޑު ނެތިއްޔާދާނެ. ސިފައިން ހަތިޔާރާއެއްކޮށް އެރީމަ ޖެހޭނެބުނާގޮތަކަށް އަމަލުކުރަން. ޒުވާބުކޮށްގެން ނުވާނެ. ދިވެހިރާއްޖެ ސަރަހައްދަށް މަސްބޯޓުތައް ވަނީމަ އަހަރުމެން އަމަލުކޮށްފަ ހުރިގޮތާމެދު ވިސްނާލުންވެސް މުހިއްމު.

  2. މީ ރައީސް އިބްރާހީމް ސޯލިހު މިޤައުމު އިންޑިޔާއަށް އަޅުވެތި ކޮއްފައިވާ މިންވަރުން އަލައް އަންނަވެރިންނަ ޖެހޭ ގޮންޖެހުންތަށް ، މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީ އަދި ރައީސް ސޯލިހު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: