ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒެއިނާއަށް އެމްޑީޕީ މަޖިލިސް ޕްރައިމެރީން ނާކާމިޔާބު!

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި ފޭދޫ އުތުރު ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވެއްޖެ އެވެ.

މިދިޔަ ފަސް އަހަރުގައި އެމްޑީޕީގެ ސަރުކާރު ދިފާއުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ރޮޒެއިނާއަކީ އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އެވެ. ރޮޒެއިނާ ވަނީ ރައީސް ސޯލިހުގެ ދިފާއުގައި ނިކުމެ، ފާޅުކަން ބޮޑުގޮތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ރައްޔިތުން ދެން ދުވަހަކު ވެސް އެމަނިކުފާނު، އިންތިހާބީ މަގާމަކަށް ނުގެންނާނެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހާއި ވެސް އަރިސް މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވޭ ރޮޒެއިނާ މަޖިލިސް ޕްރައިމެރީގައި ނަން ހުށަހެޅީ އަލަށް އިތުރުވި ފޭދޫ އުތުރު ދާއިރާއަށެވެ.

ދާއިރާގެ ޕްރައިމެރީގައި ވޯޓުލީ 688 މީހުންގެ ތެރެއިން ރޮޒެއިނާއަށް ލިބިވަޑައިގަތީ 221 ވޯޓެވެ. އަދި ޕްރައިމެރީ ކާމިޔާބު ކުރި އަހުމަދު ޝަރީފަށް  251 ވޯޓު ލިބިވަޑައިގަތެވެ.

މަޖިލީހުގައި ވާދަކުރުމުގެ ޓިކެޓު ގެއްލުމުން ޕޯސްޓެއް ކުރައްވައި ރޮޒެއިނާ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓު ޝަރީފަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އުންމީދަކީ ދާއިރާގެ ހުރިހާ ރައްޔިތުން އެކުވެ، މި ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދިނުންކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އެމްޑީޕީން ވަނީ މަޖިލިސް އިންތިހާބަށް އެ ޕާޓީގެ މިހާރުގެ ގިނަ މަޖިލިސް މެމްބަރުންނަށް ޓިކެޓު ދީފަ އެވެ. އެކަމަކު އޭގެ ތެރޭގައި ރޮޒެއިނާ ހިމެނިވަޑައިނުގަންނަވަ އެވެ. އެމްޑީޕީން ބުނީ ސާޅީހަށް ވުރެ ގިނަ ދާއިރާތަކަށް ޕްރައިމެރީއާއި ނުލައި ޓިކެޓު ދިނީ، އެ ދާއިރާއަށް ވާދަކުރާނެ އެހެން ކެންޑިޑޭޓުން ނެތުމުން ކަމަމަށެވެ.

މިއަދު އެމްޑީޕީން ބޭއްވީ 40 ދާއިރާއެއްގެ ޕްރައިމެރީ އެވެ. އިންތިހާބަށް ކެންޑިޑޭޓުން ކަށަވަރު ނުވާ އަދި އެއްވެސް ވަރަކަށް އެމްޑީޕީން މައުލޫމާތުތައް ނުދޭ ފަސް ދާއިރާއެއް އެބަހުއްޓެވެ. އޭދަފުށި ދާއިރާއާއި، ނިލަންދޫ ދާއިރާގެ އިތުރުން ފެލިދޫ ދާއިރާއާއި ފުވައްމުލަކު އުތުރު ދާއިރާ އަދި ތިމަރަފުށި ދާއިރާއާއި މެދު އަމަލު ކުރާ ގޮތެއް އަދި އެ ޕާޓީން ހާމައެއް ނުކުރެ އެވެ. އެމްޑީޕީން ބުނެފައި ވަނީ، އެ ޕާޓީން އިތުރު އެހެން އެއްވެސް ޕާޓީއަކަށް އެ ދާއިރާތައް ދޫނުކުރާނެކަމަށާއި އެ މައުލޫމާތުތައް ހިމަނާނީ ޕްރައިމެރީއަށް ފަހު ހުރިހާ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާއިރު ކަމަށެވެ.

ވަރަށް ގަދަ
23%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 54%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 3%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: