ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަފްތާ 14 ގެ ވައުދުތަކުގެ ތެރެއިން 50 ވައުދު މިހާރު ވަނީ ފުއްދިފަ: ރައީސް

ރައީސް ޑރ. މުއިއްޒު ފުރަތަމަ ރިޔާސީ ބަޔާން އިއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް ވަޑައިގަތުމަށް ފަހު 14 ހަފްތާ ތެރޭގައި ފުއްދަން ވަޢުދުވި ކަންތައްތަކުގެ ތެރެއިން 50 ވަޢުދު މިހާރު ފުއްދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވާ ދެއްވާ ރައީސް ޑރ މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކާ، ރައްޔިތުންގެ އިޙްސާސްތަކާ އުއްމީދުތަކާ ގުޅިފައިވާ ގިނަގުނަ ކަންކަން ޙާސިލްކޮށްދިނުމަށް އެމަނިކުފާނު ވެފައިވާވައުދުތައް ފުއްދުމަށްޓަކައި ފުރަތަމަ 14 ހަފްތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް މަގުޗާޓެއް އެކުލަވާލެއްވި ކަމަށެވެ.

އެ މަގުޗާޓުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ފުއްދާނެ ވަޢުދުތަކާއި4 ހަފްތާ، 9 ހަފްތާ އަދި 14 ހަފްތާ ހަމަވުމުގެ ކުރިން ފުއްދޭނެ ވައުދުތައް ކަނޑައަޅާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މިގޮތުން، ހަފްތާ 14 މަގުޗާޓުގައި ޖުމްލަ 161 ވަޢުދު ހިމެނިފައިވާއިރު މިއަދާހަމައަށް 11 ހަފްތާ ނިމިފައިވާއިރު، ފުރަތަމަ ދުވަހު ފުއްދަން ކަނޑައެޅި 7 ވައުދާއި، 4 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 17 ވައުދާއި 9 ހަފްތާ ހަމަވުމުގެކުރިން ފުއްދަން ކަނޑައެޅި އިތުރު 26 ވައުދާއިއެކު ޖުމްލަ 50 ވައުދު ވަނީ %100ފުއްދިފައި ކަމަށް ރައީސް ވިދާޅުވިއެވެ.  އަދި 14 ހަފްތާ ނިމުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 111 ވައުދުގެ%78 ފުއްދިފައިވާއިރު  މި 111 ވައުދުވެސް 14 ހަފްތާ ނިމުމުގެ ކުރިން%100 ފުއްދޭނެ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން މިހާރު ގެންދަނީ ބާކީހުރި ހުރިހާ ވައުދެއްފުއްދާނޭގޮތުގެ 5 އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަންނީ މާހިރުންގެ ޓީމަކާ އެކު މަސައްކަތް ކުރަމުންނެވެ.  މިކަމަށް ޔޫ.އެން.ޑީ.ޕީ. އިން ދެއްވާ އެހީތެރިކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: