ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަފްތާ 14 ގެ ގިނަ ކަންކަން 11 ހަފްތާވީ އިރު ފުރިހަމަ ކުރެވިއްޖެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ހަފްތާ 14 ގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް ފުރިހަމަ ކުރެވޭނެ ގިނަ މަސައްކަތްތައ 11 ހަފްތާ ފުރިހަމަ ވީ އިރު، ފުރިހަމަ ކޮށްދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ތ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު މެންދުރު އެ އަތޮޅު ދިޔަމިގިއްޔަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ދިޔަމިގިލީގެ ތަރައްގީ އަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް އެބަހުރިކަން ފާހަގަ ކުރައްވާ ތަރައްގީ އަށްޓަކާ ކުރަންޖެހޭ ކަންކަމުގައި ސަމާލުކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައް ލަސްވަނީ ގައުމު އޮތް އިޤްތިޞާދީ ހާލަތުގެ ސަބަބުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަފްތާ 14 ގައި ހިމަނައިގެން ކުރިއަށްގެންދާ މިހާރުން މިހާރަށް ކުރެވޭނެ ކަންތައްތައް އެވަނީ 11 ހަފްތާގެ ތެރޭގައި 100 އިންސައްތަ ފުރިހަމަ ކޮށްފަ.ދެން ހުރި ކަންކަން 14 ހަފްތާއަށް ނިންމަން ހުރި ކަންކަން ވެސް އެބަ ކުރިއަށްދޭ. އެކަންކަން ވެސް ނިމިގެން ދާނެ އެ މުއްދަތުގެ ތެރޭގަ. ކުރެވޭނެ ކަންތައްތައް، ކުރާނެ ކަންތައްތައް އަޅުގަނޑުމެން ދަންނަވާފަ އެކަންކަން ކުރާނަން. އަދި ތަންކޮޅެއް ގިނަ ދުވަސްތައް ނަގާނެ ކަންތައްތަކުގައި ތެދުވެރިކަމާއި އެކު އެކަންވެސް ދަންނަވާނަން

ރައީސް ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭ ދިޔަމިގިލި ރައްޔިތުން ބޭނުންވާ މަޝްރޫއުތައްވެސް ފަށައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ދިޔަމިގިއްޔާއި މެދުފުށި ކޯޒްވޭ އަކުން ގުޅާލުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާ ރައީސް ވިދާޅުވީ އިޤްތިޞާދު ހަމައަކަށް އެޅުމުން އެފަދަ މަސައްކަތްތައް ފެށުމަކީ އެމަނިކުފާނުގެ ވިސްނުން ކަމަށެވެ.

ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ގުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީކުރިއަށް އޮތް ދެތިން މަސް އިގްތިސާދީ ގޮތުން ދަތިވެދާނެކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: