ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީއެސްސީއަށް އައްޔަނު ކުރުމަށް ތިން ނަމެއް މަޖިލިސް ކޮމިޓީއަށް!

ރައްޔިތުންގެ މަޖިލިސް މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނު ކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.

ސީއެސްސީގެ މެމްބަރުގެ މަގާމު ހުސްވެފައި ވަނީ، އެ ކޮމިޝަނުގެ މެމްބަރު ފާތިމަތު އާމިރާގެ ދައުރު ހަމަވާތީ އެވެ. އެގޮތުން ހުސްވެފައިވާ މަގާމަށް މެމްމަބަރަކު އައްޔަނު ކުރުމަށް އިއުލާނު ކުރުމުން ކުރިމަތި ބޭފުޅުންގެ ތެރެއިން ރައީސް މަޖިލީހުގެ ތަޅުމަށް ތިން ނަމެއް ފޮނުއްވި އެވެ.

އެއީ:
ދަފްތަރު ނަމްބަރު ރސ 7505، އަބްދުލް ހަސީބު އިސްމާއިލް
މއ. ފޮރެސްޓު، މަރިޔާމް ޝާހިދާ
ދަފްތަރު ނަމްބަރު ރސ 9472، ފާތިމަތު ހަބީބާ

މަޖިލީހުގެ މިއަދުގައި އޮތް އެޖެންޑާގެ ދަށުން، ތިން ނަން ވެސް ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

އާމިރާގެ ދައުރު ހަމަވާއިރު، އޭނާގެ އިތުރަށް ދެން ސީއެސްސީގައި ތިއްބެވި މެމްބަރުނަކީ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި، ނައިބު ރައީސް އިބްރާހިމް ރަޝީދުގެ އިތުރުން މުހައްމަދު ފަރުސަތު އަދި ފާތިމަތު ޝަރީފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: