ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ ބަދަލުގައި ފޮނުވާނީ ޓެކްނިކަލް މީހުން: އިންޑިއާ

ބަލި މީހަކު ގޮވައިގެން މާލެ އައި ހެލިކޮޕްޓަރުން އިންޑިއާ ސިފައިންގެ މީހަކު ފައިބަނީ/ ފޮޓޯ: ހުސެއިން ވަހީދު - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އަސްކަރީ މުއައްޒަފުންގެ ބަދަލުގައި މަސައްކަތްތައް ކުރުމަށް ފޮނުވާނީ އެ ގައުމުގެ ޓެކްނިކަލް މުއައްޒަފުންތަކެއްކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއަރޒްއިން ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން އެ ގައުމުގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީއިންވަނީ ސިފައިން ބޭލުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް ސިފައިންގެ ބަދަލުގައި ހުނަރުވެރި އިންޑިއާގެ ޓެކްނިކަލް މުއައްޒަފުންތަކެއް ފޮނުވާނެކަން ހާމަކޮށްފައެވެ.

ނޫސްތަކުން ބުނާގޮތުން މިއީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އެ ގައުމުން ދީފައިވާ ޖަވާބުކަމަށާއި  މި މައްސަލައިގައި ދެ ހައިލެވެލް ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާއިރު ތިންވަނަ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދީރް ޖަޔަސްވާލްވެސް ވަނީ މި މައްސަލައާއި ގުޅޭގޮތުން މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ތިން ވަނަ ބައްދަލުވުމެއް ބޭއްވުމަށް ކަނޑައެޅިފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، މިހާރު ތިބި މުއައްޒަފުންގެ ބަދަލުގައި ޓެކްނިކަލް މުއައްޒަފުންތަކެއް ފޮނުވުމަށް ކަނޑައެޅިފައިވާކަންވެސް އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން ސިފައިންގެ ބަދަލުގައި ފޮނުވާނީ އިންޑިއާގެ ޓެކްނިކަލް ދާއިރާގެ ހުނަރުވެރި މީހުންކަމަށް ފާހަގަކޮށްފައިވެއެވެ.

ސިފައިން ބޭލުމާއި ގުޅޭގޮތުން އެންމެ ފަހުން ކުރިއަށް ގެންދިޔަ ހައި ލެވެލް ބައްދަލުވުމަށްފަހު ދެ ފިޔަވައްސަކަށް ބަހާލައިގެން ސިފައިން ބޭލުމަށް އެއްބަސްވުމަކަށް އައިސްފައިވާއިރު، ކުރިން މަސައްކަތްތައް ނިންމާލުމަށް ކަނޑައެޅިފައިވާ ތާރީހަށް ބަދަލު އައިސް މަސައްކަތްތައް ނިންމާލުމަށް ކަނޑައެޅިފައިވާަަަަަަަަަަަަ މުއްދަތު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

އެގޮތުން ރައީސް މުއިއްޒު ހުށައެޅުއްވީ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިއަށް ސިފައިން ބޭލުމުގެ މަސައްކަތްތައް ނިންމުމަށް ކަމަށްވާއިރު ދެވަ ފިޔަވައްސަކަށް ބަހާލުމުން ވައިގެ އެއް ޕްލެޓުފޯމުގައި މުއައްޒަފުން ބަދަލުކުރުމުގެ މަސައްކަތްތައް މާޗު 10 ވަނަ ދުވަހަށް ނިމިގެންދާނެކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި ބާކީ ދެ ޕްލެޓުފޯމުގައި ތިބި ސިފައިން ބަދަލުކުރުމާއިއެކު މަސައްކަތްތައް އެއްކޮށް ނިންމާލެވޭނީ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެންމެ ފަހުން ބޭއްވުނު ބައްދަލުވުމަށްފަހު ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 8%ވަރަށް ދެރަ 46%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: