ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ބަޖެޓުން ރާއްޖެއަަށް ދޭ ފައިސާ އިތުރުކޮށްފާނެ!

އިންޑިއާގެ މިނިސްޓަރ އޮފް އަރތު ސައިންސަސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބަޖެޓުން ރާއްޖެއަށް ދިނުމަށް ކަނޑައެޅިިފައިވާ ފައިސާގެ އަދަދުތައް އިތުރުވެދާނެކަަމުގެ އިިޝާރާތްތަކެއް އެ ގައުމުން ދީފިއެވެ.

އިންޑިއާ އަދި ރާއްޖެ ދެމެދު މައްސަލަތައް ގޯސްވެފައިވާކަމަށް ސިފަކޮށް ބައެއް މީޑިއާތަކުން މައުލޫމާތު ޝާއިއުކުރަމުންދާއިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިންވަނީ އެ ގައުމުން ރާއްޖެއަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު އިތުކުރުކޮށްފައިވާކަން މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން މިހާރު ދިނުމަށް ކަނޑައެޅިފައިވަނީ 770.9 “ކަރޯޑް” ކަމަށް އެ މިނިސްޓްރީގެ ސްޕޯކްސް ޕާސަން ރަންދީރު ޖަޔަޒްވާލްވަނީ ހާމަކުރައްވާފައެވެ.

މި އެ ގައުމުގެ 7.71 ބިލިއަން ރުޕީސް ނުވަތަ 92.83 މިލިއަން އެމެރިކާ ޑޮލަރާއި ގާތްކުރާ އަދަދެއްކަމަށްވާއިރު، ބައެއް ތަފްސީލުތަކަށް ބެލުމަށްފަހު މި އަދަދަށްވެސް ބަދަލުތައް އައުން އެކަށީގެންވާކަމަށާއި ކަންކަން ކުރިއަށް ދާ ގޮތަށް ބެލުމަށްފަހު އަދަދެއް ހިއްސާކުރާނެކަމަށް ބުނެފައިވެއެވެ.

ރާއްޖެއަށް ދިނުމަށް ކަނޑައެޅިފައިވާ ފައިސާގެ އަދަދުތައް އިތުރުވެގެން އައިސްފައިވާކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން އޭނާވަނީ ދެ ގައުމުގެ ދެމެދުގެ ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. ރަންދީރް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަށް އަހައްމިޔަތު ދޭ ބައިވެރިއެއްކަމަށެވެ.

ރާއްޖެއަށް މިހާރު ދިނުމަށް ކަނޑައެޅިފައިވާ 7.71 ބިލިއަނަކީވެސް ކުރިން ދިނުމަށް ކަނޑައެޅިފައިވާ އަދަދަށް 50 އިންސައްތައިގެ އިތުރުކުރުމަކަށްފަހު އެ ގައުމުން ހިއްސާކޮށްފައިވާ އަދަދެކެވެ. އެންމެ ފުރަތަމަ ކަނޑައެޅިގެންދިޔައީ 4 ބިލިއަން ދިނުމަށެވެ.

އިންޑިއާއިން މި މައުލޫމާތުތައް ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ އެކައުންޓު ޑެފިސިޓު އިތުރުވެފައިވުމާއި ގުޅިގެން ބައިނަލްއަގުވާމީ މާލީ މުއައްސަސާއެއްކަމަށްވާ އައިއެމްއެފްއިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: