ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މަސައްކަތް ކުރާނެ ގޮތުގެ މައްޗަށް އެއްވެސް ބަޔަކަށް ބަސް ނުބުނެވޭނެ: އަސްލަމް

ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްުޔާތުގައި ރައީސް ޑރ. މުއިއްޒާއި، ނައިބު ރައީސް ހުސެއިން މުހައްމަދުގެ އިތުރުން މަޖިލިސް ރައީސް އަސްލަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތް ކަނޑައަޅާނީ މެމްބަރުންކަމަށާއި، އިތުރު އެހެން އިދާރާއަކަށް ނުވަތަ މުވައްސަަސާއަކަށް މަސައްކަތްތަކުގެ މައްޗަށް ބަސް ބުނުމުގެ ބާރެއް ނެތްކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މި މައްސަލައިގައި މިއަދު އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތް ނިންމައި މަސައްކަތްތައް ގެންދަން ޖެހޭނެ ގޮތް އެނގޭނީ މަޖިލީހަށް ކަމަށެވެ. އަދި މަޖިލިސް ހިންގަން ޖެހޭނެ ގޮތުގެ އެއްވެސް އިރުޝާދެއް، ނުވަތަ ލަފައެއް އިތުރު އެހެން އެއްވެސް ބަޔަކަށް ދެވިދާނެކަމަށް ގަބޫލު ނުކުރާކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތް ކަނޑައަޅާނީ ރައްޔިޔުންގެ މަޖިލީހުން.. އެއީ ގާނޫނު އަސާސީން ވަރަށް ސާފުކޮށް ރައްޔިތުންގެ މައްޗަށް ލިބިދީފައިވާ ބާރެއް.. އެހެން އެއްވެސް މުވައްސަސާއަކުން މަޖިލިސް ހިންގަން ވާނީ މިވެނި ގޮތަކަށޭ… އަދި ބަސް ބުނުމުގެ ބާރު ލިބިގެންވާކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން.. އަދި އެކަން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ކަނޑައަޅުއްވާ ގޮތެއްގެ މަތީން، އެހެންކަމުން މި މައްސަލައިގައި ކޯޓު އަމުރެއް އޮތީމާ އަޅުގަނޑު މިއިނީ އަދަދަކީ 87 ކަމަށް ކަނޑައަޅައިގެން.. އެކަމަކު އެކަމުގައި އިއްޒަތްތެރި މެމްބަރުން ގޮތެއް ކަނޑައަޅުއްވައިދެއްވާށޭ.. އެ ފުރުސަތު މި ހުޅުވާލަނީ…

މިއަދުގެ ޖަލްސައަށް ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި އަސްލަމް ހުށަހެޅުއްވީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެވެ. އެނާ ވިދާޅުވީ މަޖިލިސް ގަވައިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ބޭނުމަށް ގެނައި ބަދަލެއް ކަމަށެވެ. އަދި މެމްބަރުން ގުނުމުގައި އަމަލު ކުރާނެ ގޮތުގެ އިސްލާހު ގެނައުމުން، މަޖިލީހުގެ ޖުމްލަ މެމްބަރުން މި ލަފުޒަށް ދީފައިވާ މާނަކުރުމުގައި ގާނޫނުއަސާސީއާއި ހިލާފަށް ގޮތް ނިންމާފައިވާކަމަށް ބުނެ އެ މައްސަލަ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިގެން ދިޔަކަން އަސްލަމް ފާހަގަކުރި އެވެ.

އެއަށް ފަހު މި މައްސަލަ ބެއްލެވި ބެންޗުގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ އިސްލާހަށް އަމަލު ނުކުރުމަށް ނިންމިއިރު ވަގުތީ އަމުރު ނެރެފައިވާ މި މައްސަލައިގައި ދުސްތޫރީ ބަހުސެއް އުފެދިފައިވާކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެން ނަމަވެސް ސިޔާސީ ނިންމުންތަކަށް ބިނާވާ މިފަދަ މައްސަލަތަކުގެ މައްޗަށް ކޯޓުތަކުގެ އިހުތިސާސް ނުހިނގާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުތަކުގައިވާ ގޮތުގެ މަތިން ނިންމާ ނިންމުންތައް އެއީ ފަހުން ފައިސަލާ ކުރުމުގެ ފުރުސަތު ކޯޓަށް ނެތް ހިނދު، ނަމަވެސް ކޯޓުގެ ގަވައިދަކުން ވިޔަސް ގާނޫނުއަސާސީއާއި ހިލާފަށް އަމަލު ނުކުރެވޭ ހިނދު މި މައްސަލައިގައި ފައިސަލާ ކުރުވަނި ހުކުމެއް ކުރުމުގެ ކުރިން ހުކުމެއް، ނުނެރެފިނަމަ މައްސަލައިގެ މައުޟޫއުގައި ހިމެނޭ މައްސަލައިގެ މުއާމަލާތް ކެނޑުމުގެ އިހުތިމާލު އޮތްކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވޭ..

އަސްލަމް ވަނީ މަޖިލީހުގެ ކަންކަމުގައި، ސުޕްރީމް ކޯޓުގެ ލަފާ ހޯދޭނެ ހާލަތްތަކާއި އަދި ބަސް ބުނެވޭނެ ހާލަތްތައް ގާނޫނުއަސާސީއާއި ހަވާލާދެއްވައި ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ބައެއް ކަންކަމުގައި ހިލާފު އުފެދުމާއި ގާނޫނީ ބައެއް އެހެނިހެން ސުވާލުތައް ފާހަގަކުރި އެވެ.

އެ ނޫން ހާލަތްތަކެއްގައި މަޖިލީހުގެ ނިންމުންތަކާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ވެސް ބަސް ނުބުނެވޭނެކަން ގާނޫނުއަސާސީގައި ބަޔާން ކުރާކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 8%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: