ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުން ފުރަތަމަ ބަލަންވީ މެމްބަރުންނަށް ރިޝަވަތު ދީ ގަނެލި މައްސަލަ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުން ފުރަތަމަ ބަލަންވީ، ރިޝްވަތު ދީގެން މެމްބަރުން ގަނެގެން ދިޔަ މައްސަލަތައް ނޫނީ ގާނޫނީ ހުވައެއްގެ މަތީގައި ތިބި މެމްބަރުންތައް މަގާމުގެ ބޭނުމަށް އިސްތިއުފާ ދިން މައްސަލަކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑެ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ބެލުމުގައި ބަލާނީ 87 ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި މިއަދު މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ހުންނެވި އަސްލަމް އެދިވަޑައިގަތީ މެމްބަރުން އެކަމާ މެދު ގޮތެއް ނިންމުމަށެވެ. ކޯރަމް ބެލުމުގައި ބަލާ ޖުމްލަ އަދަދަށް އިސްލާހު ގެނެސްފައި ވަނީ އައު ސަރުކާރާ ގުޅުމަށް ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަވައިދުގެ އިސްލާހު ހިމެނޭހެން ގެނައި އެ ބަދަލު ގާނޫނުއަސާސީއާއި ހިލާފުކަމަށް ކަނޑައަޅައިދޭންށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިލަލްދާ ޒާހިރުގެ ރައުޔަށް ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތާއީދު ކުރެއްވި އެ އަމުރުގައި ވަނީ ހުސްވި ދާއިރާތަކުގެ ގޮނޑި ހިމަނައިގެން ކޯރަމް ގުނުމަށެވެ.

މި އަމުރަށް މިއަދު މަޖިލިސް މެމްބަރުން ވަނީ ނުސީދާ ގޮތެއްގައި، އަދި ފާޅުކަން ބޮޑުގޮތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ރިޔާސަތުގެ ހުށަހެޅުމުގެ ބަހުސް މަރުހަލާގައި އިބްރާހިމް ރަޝީދު ވިދާޅުވީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދާއި މެދު ކޮމިޓީން ގޮތެއް ނިންމައި ތަޅުމުން ފާސް ކުރީ ވަޒީރުކަމާއި ހެދި ފެންބޮވައިގަނެފައި ތިބި މެމްބަރުންތަކެއް ދެއްވި އިސްތިއުފާގެ ސަބަބުން ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމަށާއި، ދައިރާގެ ތަރައްގީއަށް ބޮޑެތި ވައުދުތަކެއް ވެގެން އައި މެމްބަރުންތަކެއް ހުވައާއި ވެސް ހިލާފުވެ އިސްތިއުފާ ދިނުން މާ ގޯސް ނޫން ތޯ އޭނާ ސުވާލު އުފެއްދި އެވެ.

ރަޝީދު ވިދާޅުވީ ފަހަކަށް އައިސް އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ، ސަރުކާރުން މެމްބަރުނަތަކެއް ގަނެލައި ރިޝްވަތުގެ ފައިސާ ދީގެން ޕާޓީއަކަށް ގެންދިޔަ ވާހަކަތައް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވެސް މިފަދަ މައްސަލަތައް ބެލުން މާ ރަނގަޅު ނޫންތޯ އޭނާ ސުވާލު ކުރި އެވެ.

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގެ މައްސަލައިގައި އޭނާ ވިދާޅުވީ، ދައުލަތް ތަމްސީލު ކުރުމަށް ކޯޓަށް ވަޑައިގެންނެވި ބަންޑާރަ ނައިބު ހުންނެވީ އައު ސަރުކާރު އުފެދުމާއި ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކަމަށެވެ.

ވިލިލާމާލެ ދާއިރާގެ މެމްބަރަކަށް ހުންނެވުމަށް ފަހު، ބަންޑާރަ ނައިބުކަމާއި ހަވާލުވުމަށް މެމްބަރުކަމުން އިސްތިއުފާ ދެއްވި އުޝާމަށް އަމާޒުކޮށް ރަޝީދު ވިދާޅުވީ އޭނާ ވެސް މެމްބަރުކަމުގެ ހުވާގައި ދައުރު ނިމެންދެން ހުންނާނެކަމަށް ވައުދުވި ކަމަށެވެ. އެހެން ނަމަވެސް މަގާމުގެ ބޭނުމެއްގައި ގޮސް ހުންނެވިއުރު މިހާރު އެއީ ރުހުން ވެސް އޮތް ބޭފުޅެއް ނޫންކަމަށް ރަޝީދު ވިދާޅުވި އެވެ.

ދެން ކިހިނެއްތޯ ވީ، 13 މެމްބަރުންކަން 14 މެމްބަރުންކަންނޭގެ، ގަނެލައިފިޔޭ އެބަކިޔާ.. ރިޝްވަތު ދީގެން.. ފުރަތަމަ ސުޕްރީމް ކޯޓުން ބަލަންވީ، ނަގަހައްޓަންވީ ރައްޔިތުންގެ ހައްގު.. ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށް އަރައެއް ނުގަނެވޭނެ ސަރުކާރުން… ދެން އަންނަ މަޖިލީހަކުން 13 މެމްބަރުން ހަމަ ގަނެލަންވީ.. މިތާ އިހަށް ދުވަހަށް ޖެހެން ދެން ބަންޑާރަ ނައިބު ހުރީ، ހަމަ މިތާނގަ ހުރީ.. ދައުރު ނިމެންދެން ހުންނާނެކަމަށް މާތްﷲ ގަންދީ ހުވައެއްކޮށްގެން.. ފުރަތަމަ އެކަމެއް ނޫންތޯ ސުޕްރީމް ކޯޓުން ބަލަންވީ.. ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވާކަށް ނޫން ޖެހޭނީ.. އަދި ރުހުން ވެސް ނުދޭ މީހެއް.. ރުހުން ވެސް ނުދޭ މީހެއް ގޮސް.. ބަންޑާރަ ނައިބޭ، ދައުލަތޭ އެބަ ކިޔާ.. ދައުލަތް އެބަ ދައްކާ އެކި ސިފަ ސިފައިގަ.. އާޒިމާ ޝަކުރު ވެސް ދައުލަތެއްގެ ސިފައިގައި ދެއްކި.. ދެން ހުރި މީހެއް ވެސް ދައުލަތެއްގެ ސިފައިގައި ދެއްކި..

ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވާއިރު، ސަރުކާރުން އެތައް ރައްޔިތުންނެއްގެ ހައްގު ނިގުޅައިގަތުމުން މަޖިލީހުގެ މަސައްކަތްތައް ދެން ކުރިޔަށް ގެންދަންވީ ކިހިނެއްތޯ ރަޝީދު ސުވާލު އުފެއްދި އެވެ. އޭނާ ވިދާޅުވީ އެކަމުގެ މައްޗަށް ވެސް ސުޕްރީމް ކޯޓުން އަމުރު ނެރެދާނެކަމަށެވެ.

ސުޕްރީމް ކޯޓުގެ މި އަމުރުގައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަމުން އައިސްފައި ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި ޖަލްސާގެ ގާނޫނީ އަދަދު ކަނޑައަޅަން ވާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ދަށުންކަމަށެވެ.

އާންމު މަސްލަހަތު ދެމެހެއްޓުމަށް ނެރުނު ވަގުތީ އެ އަމުރުގައި ވަނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ކޯޓުން އެ ނޫން ގޮތަކަށް އަންގަންދެން ފެށުނީން ސުރެ މަޖިލީހުން އަމަލު ކުރަމުންދިޔަ ގޮތް ދެމިއޮންނަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: