ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީިހުގެ ޖަލްސާއެއް ނުވަތަ މަސައްކަތެއް މަޑުޖައްސާލަން އަމުރެއް ނުނެރެވޭނެ: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސައެއް ހުއްޓާލުމަށް ނުވަތަ، ކޮމިޓީ މަރުހަލާފައި އޮތްކަމެއް މަޑުޖައްސާލުމަށް އެއްވެސް އަމުރެއް ނެރެވިދާނެކަމަށް ގަބޫލު ނުކުރާކަމަށް ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގެންނެވުމުގެ ގޮތުން މެމްބަރުކަމުން ހަތް ބޭފުޅަކު އިސްތިއުފާ ދެއްވުމުން ފަހުން ގަވައިދަށް އިސްލާހު ގެނެސް ވަނީ ޖުމްލަ މެމްބަރުންގެ އަދަދަކީ 80 ކަމަށް ކަނޑައަޅާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރުމުގެ ވޯޓު ނެގުން ފަސޭހަކޮށް ގެނައި މި މިސްލާހުގެ މައްސަަލަ ބަންޑަަރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވަނީ ވަގުތީ އަމުރެއް ނެރެ އެ އިސްލާހަށް އަމަލު ކުރުން މަޑުޖައްސާލުމަށް އަންގާފަ އެވެ.

ރައީސާއި ނައިބު ރައީސް ވަކިކުރުމާއި ބެހޭ މައްސަލައެއް ހުށަހަޅައި، އެ މަރުހަލާ ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ ގަވައިދުގެ 41 ވަނަ ބާބުގަ އެވެ. ގަވައިދަށް ގެނައި އިސްލާހުތަކުގައި އަޒުލު ކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސަށް މައްސަލަ ޕާކު ނުކުރެވޭ ގޮތަށް ނުވަތަ މައްސަލަ ހުއްޓުވާފައި ނުބޭއްވޭ ގޮތަށް ހަމަތަކާއި ތަރުތީބުތަކެއް ގެނައުން ހިމެނެ އެވެ. އަދި މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއި އެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުން އޮތީ ހިމަނާފަ އެވެ.

މައްސަލައިގައި ކޯޓުން ނެރުނު އަމުރުގައި ވަނީ މީގެ ކުރިން މެމްބަރުންގެ އަދަދުތައް ގުނާފައި ވަނީ ގާނޫނުގައިވާ ގޮތެމަތިންކަމަށް ވުމުން މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން ކުރިން ވެސް އަމަލު ކުރަމުން އައިސްފައިވާ އުސޫލުތައް މަޖިލީހުން ދަމަހައްޓަންޖެހޭނެ ކަމަށެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ފާސް ކުރުން ތާވަލު ކުރުމުން މިއަދުގެ ޖަލްސާއަށް އަސްލަމް ވަނީ އެ އަމުރުގެ މައްސަލަ ހުށަހަޅުއްވާފައެވެ. ތަކުރާރުކޮށް ޖަލްސާގައި އަސްލަމް ވިދާޅުވަމުން ގެންދެވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާގޮތަށް އޭނާ އަދަދު ގުނުމުގައި އަމަލު ކުރުމުގެ ވިސްނުން ހުރީ 87 އަށް ބަލައިގެން ކަމަށެވެ. އެހެން ނަމަވެސް ސީދާ މިކަމުގައި ގޮތެއް އަދި ކަނޑައެޅިފައި ނެތުމާއި މަޖިލީހުގެ ނިންމުންތަކުގެ މައްޗަށް އިތުރު އެއްވެސް އިދާރާއަކަށް ނުވަތަ މުވައްސަސާއަކަށް ބަސް ނުބުނެވޭނެކަމަށް ގާނޫނުގައި ވަނިކޮށް މިފަދަ ވަގުތީ އަމުރެއް އައުމުން މެމްބަރުންގެ ކަންބޮޑުވުން އެބަހުރިކަމަށް އަސްލަމް ވިދާޅުވި އެވެ.

އެހެންވެ އަސްލަމް އެދިފައި ވަނީ، މެމްބަރުން މިކަމުގައި ގޮތެއް ނިންމައި އެބޭފުޅުންގެ ހިޔާލުތައް ހުރި ގޮތް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ. އަދި މިއީ ޝަރީއަތުގައި އޮތް މައްސަލައެއްގެ ތެރެއަށް ބަސް ބުނެ ކުރާ ބަހުސެއް ނޫންކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

އަސްލަމްގެ ވާހަކަ ގެންދަވާތީ، ނިޒާމީ ނުކުތާ ނަންގަވައި މިއީ ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވަމުން ގެންދެވީ ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން، މިހާރު އެމްޑީޕީއާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޑިމޮކްރެޓްސްގެ މެމްބަރު އާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައި ވަނީ ވަގުތީ އަމުރެއްކަމަށާއި ސީދާ މަޖިލީހުގެ މަސައްކަތް ކުރިޔަށް ގެންދަން ޖެހޭ ގޮތުގެ ހުކުމެއް ނޫންކަމަށެވެ.

އަޅުގަނޑުމެން ޖަލްސައެއް ހުއްޓާލާކަށް، ނުވަތަ ކޮމިޓީއެއް ހުއްޓާލާކަށް އެއްވެސް ތާކަށް، ރައްޔިތުންގެ މަޖިލިސް ހިންގުމަކަށް ނެރެވޭނެކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން.. އަޅުގަނޑުމެން އެބައޮތް މިހާރު މި މަޖިލީހުގެ އަދަދަކީ 80 ކަމަށް.. މި ތަޅުމުން ނިންމާފައި..

އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސައެއް ހުއްޓާލުމަށް ނުވަތަ، ކޮމިޓީ މަރުހަލާފައި އޮތްކަމެއް މަޑުޖައްސާލުމަށް އަމުރެއް ނެރެވިދާނެކަމަށް ގަބޫލު ނުކުރާކަމަށެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 80 ކަމަށް މީގެ ކުރިން ތަޅުމުން ނިމްމައި ފާސްކޮށްފައިވާއިރު ދެން އަނެއްކާވެސް މި ވަގުތީ އަމުރާއި އެކު ދެން އަމަލު ކުރަންވީ ގޮތަކީ ކޮބައިތޯ ނިންމަން ޖެހޭކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމުގައި މަޖިލީހުގެ ޖަލްސާތަކާއި، މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންގޮސް ދެއްވުމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް ކޯޓުގެ އަމުރުގައި އެވާގޮތަށް މަސައްކަތް ކުރިޔަށް ގެންދެވޭނީ އަދަދު ކަނޑައަޅައިގެކަމަށް އާޒިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: