ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްްޖެއާއި އިންޑިއާގެ މައްސަލަތައް ބައިލެޓަރަލް އުސޫލުން ހައްލުކުރާނެ: ލަންކާގެ ރައީސް

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާ ދެމެދު ޖެހިފައިވާ މައްސަލަތައް ދެ ގައުމު ގުޅުން ހައްލުކުރާނެކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތްތައް ކުރަމުންދިއުމާއިއެކު ދެ ގައުމުގެ ދެމެދު ހޫނުވެފައިވާކަމަށް ފެނިގެންދާ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސްރީލަންކާގެ ރައީސް ރަނިލްވަނީ ރާއްޖެއާއި އިންޑިއާގެ ދެމުދު އުފެދިފައިވާ މައްސަލަތައް ހައްލުވެގެންދާނެކަމަށް ފާހަގަކުރައްވާފައެވެ.

އެގޮތުން މައްސަލަތައް ހައްލުކުރާނީ ބައިލެޓަރަލީކަމަށް އޭނާ ވިދާޅުވިއިރު، ރާއްޖެއަށް ޗައިނާގެ ދިރާސާކުރާ އުޅަނދެއް އައުމަށް ޖާގަ ދިންނަމަވެސް ސިފައިންތަކަކަށް އައިސް ގާއިމުވުމަށް ޖާގަ ދީފައިނުވާކަން ފާހަގަކުރެއްވިއެވެ.

ލަންކާއަކީ އިންޑިއާ އަދި ރާއްޖެއާއިއެކުވެސް ޒަމާންވީ ގާތް ގުޅުމެއް ދަމަހައްޓާފައިވާ ގައުމެއްކަމަށްވުމުން މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން ކުރެވުނު ސުވާލަކަށްވެސް ރަނިލް ވަނީ ޖަވާބު ދެއްވާފައެވެ. އޭނާ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއިންވެސް އެފަދަ ކަމެއްގައި ސްރީލަންކާގައި އެދިފައިނުވާކަމަށެވެ.

ރަނިލް ވިދާޅުވީ ދެ ގައުމުގެ ދެމެދު ޖެހިފައިވާ މައްސަލަތައް އަވަސް މުސްތަގުބަލެއްގައި ހައްލުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށާއި އެކަމަކީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގެވެސް މަސްލަހަތު ހިމެނޭ ކަމެއްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާތް އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން ދެ ގައުމުގެ މައްސަލަތައް ހައްލުވެގެންދާ މަންޒަރު ދެކެން ބޭނުންވާކަމަށެވެ. އަދި ރާއްޖޭގައި އިންޓަރނަލް ޕްރޮސެސްއެއް އޮންނާނެކަަމށާއި އެހެންނަމަވެސް ދެ ގައުމުންވެސް ދަނީ މަޝްވަރާތައްކުރަމުންކަމަށް ފާހަގަކުރެއްވިއެވެ. ރަނިލް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތީ މުޅިން އައު ސަރުކާރެއް ކަމަށެވެ. އެހެންކަމުން ކުރިމަތިވެފައިވާ މަައްސަލަތައް ހައްލުކުރުމަށް ވަގުތު ދޭންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: