ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުގެ ޓެރިފް ކުޑަވާނެކަމަށް ކުރީ ސަރުކާރުގެ ވާހަކަތަށް، ފޮތްތަކުގައި އޮތީ ކުރެވޭ ހިސާބަކު ނޫން: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމަށް ނުވަތަ އުވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މަސްވެރިކަމަށް ދިމާވާ ގޮންޖެހުންތަކާއި، ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރު ހާޒިރުކޮށް ސުވާލު ކުރުމެވެ.

މިދިޔަ ސަރުކާރުން ވެސް، އިނގިރޭސިވިލާތާއި އީޔޫއަށް ބޭރު ކުރާ މަހުން ޑިއުޓީ ކަނޑާލުމަށް މަސައްކަތް ކުރަމުން ގެންދާކަން އިއުލާނު ކުރި އެވެ. އަދި އެކަމަށް މަޝްވަރާ ކުރުމުގެ ގޮތުން އީޔޫގެ އިސްވެރިންނާއި އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނޭހެން ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެކަމަކު ތަންފީޒީ މަރުހަލާއަކާ ހަމައަށް އެ މަސައްކަތް ނުދެ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މަހުގެ އަގު ކުރީ ސަރުކާރުން ބޮޑު ކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ޓެރިފް ކުޑަކުރުން ހިމެނޭ ކަމަށެވެ. އެއީ ޓެރިފް ކުޑަކުރުމުގެ މަގުފަހިވެފައިވާތީ އާއި އެކު ގެނައި ބަދަލެއްކަމަށް ރައީސް ސޯލިހު ވިދާޅުވިނަމަވެސް ޝިޔާމް ތުހުމަތު ކުރެއްވީ އެއީ ސިޔާސީ މަގްސަދެއްގައި ނިންމި ނިންމުމެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން އެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ހިސާބު ބެލިއިރު އަމަލީ ގޮތުން ކަން އޮތީ ހަވަހަށް ނިމޭ ހިސާބުގައި ނޫން ކަމަށެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ހަގީގަތުގައި ކަން އޮތް ގޮތަށް ބަލައި މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދޭންކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިޔަތް ސާފުކަން މިކަމުގައި އެނގިގެން މިދަނީ.. މަހުގެ އަގު 17 ރުފިޔާއިން 25 އަށް ކުރީ ސަރުކާރުން ބޮޑުކުރީ މަހުގެ ޓެރިފް ކުޑަ ނުވަތަ ޒީރޯ ވާގޮތަށް ފެހި ސިގްނަލް ލިބިގެންކަމަށް އޭރުގަ ވިދާޅުވީ.. މާދަމާ އެކަން ހަމަޖެހޭނެކަމަށް ބުނީ.. އެކަމަކު އަޅުގަނޑުމެން އައިސް ފޮތްތައް ބަލާލިއިރު މާތްކަލާކޯ މިކަން އޮތީ ކުރެވޭ ގޮތަކަށް ނޫން.. އަދި ވަރަށް ޒަމާން ނަގާނެ ހިސާބެއްގައި އެކަން ހުރީ.. އެހެންވީމަ ނިޔަތް ސާފުވާން ޖެހެނީ.. މަހުގެ އަގު އަޅުގަނޑުމެން ކުޑަކުރީ މަސްވެރިން މިހާލުގައި ނުބައިތިއްބަން.. އެއީ ކުރިޔަށް އޮތްތަނުގައި މިފްކޯއަކީ މަސްވެރިން ބާނާ މަސް ކިރޭނެ ކުންފުންޏެއްގެ ގޮތުގައި ބޭއްވުމަށްޓަކައި.. މިފްކޯ ބަނގުރޫޓުވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން ނެގި ޑިޒިޝަނެއް މިއީ..

މީގެއިތުރުން މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ވިދާޅުވީ، ރާއްޖެއިން އެ ގައުމަށް ބޭރު ކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތުރުކީގައި ބޭއްވި މުހިންމު މަޝްވަރާތަކުގެ ތެރެއިން، ރާއްޖެއިން އެ ގައުމަށް ބޭރު ކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުން އަންނަ ބޮޑު ޓެރިފްގެ ބަދަލުގައި ހާއްސަ ގޮތްތަކެއް ހޯދައި، ޓެރިފް ކުޑަ ކުރުމަށް އެއްބަސް ވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭރު އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: