ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ޒިންމާދާރު ފިޔަވަޅުުތަކުގެ ސަބަބުން ގައުމު ދާނީ ކުރިއަށް، އައިއެމްއެފްއިންވެސް ތައުރީފުކުރި: ސައީދު

އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ޑުބާއީގައި ހުންނަވާ މީޑީއާތަކާއި ބައްދަލު ކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކަރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމު ދާނީ ކުރިއަށްކަމަށާއި، މި ސިޔާސަތުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިންވެސް ތައުރީފުކުރިކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވޯލްޑް ގަވަމެންޓް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ޔުނައިޓެޑް އަރަބި އެމިރެޓްސް (ޔޫއޭއައިި)ގެ ޑުބާއީގައި ހުންނަވާ މީޑިއާތަކަށް މައުލޫމާތު ދެއްމުން މިނިސްޓަރ ވިދާޅުވީ މި ސަމިޓުގެ ތެރެއިން ވަރަށް ގިނަ ބަޔަކާއި ބައްދަލު ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އައިއެމްއެފްގެ މެނޭޖިން ޑައިރެކްޓަރާއިއެކު ބައްދަލުވުމެއް ކުރިއަށް ގެންދެވިކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އައިއެމްއެފްއިން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ނިންމެވުންތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިކަމަށެވެ. އެގޮތުން ޕަބްލިކް ބޭންކް އެކައުންޓު އޯވަ ޑްރޯ ނުކުރުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު ނެންގެވީ މިފަދަ ހާލަތެއްގައި ދުނިޔޭގައި ވެރިއަކު ނަންވާނެ އެންމެ ޒިންމާދާރު ފިޔަވަޅުކަމަށް އައިއެމްއެފްއިން ފާހަގަކުރިކަމަށާއި، އަދި އެކަމަށް އައިއެމްއެފްއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ނިންމެވުމަކީ ވަރަށް ކޮމިޓެޑް ޕޮލިޓިކަލް ކޮމިޓްމެންޓެއްކަމަށްވެސް ނިންމެވި. އަދި އެކަމުގެ ސަބަބުން ހަގީގަތުގައި ރާއްޖެ ދެން އަރައިގެންދާނީ ކުރިއަށް ކަން ހަމައެކަނި ކުރިއަށް ކަމުގައި އައިއެމްއެފްއިން ފާހަގަކުރި

ރައީސްގެ ރިޔާސީ ބަޔާނުގައި 3 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބޮޑެތި ރިފޯމްތަކަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރައްވާނެކަމަށް އޮތް އޮތުމަށް އައިއެމްއެފްއިން މަރުހަބާ ކިޔާކަމަށް ވިދާޅުވިއެވެ. މިއީ ހަމައެކަނި ވިދާޅުވާ ވިދާޅުވުމެއް ނޫންކަން އައިއެމްއެފްއިންވެސް ގަބޫލުކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޖުމްލަ ގޮތެއްގައި ރައީސްގެ ރިޔާސީ ބަޔާނުގައި ރައްޔިތުން ބޭނުންވާ ހައްލުތައް އެބަހުރިކަންވެސް އައިއެމްއެފްއިން ފާހަގަކުރިކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ހުރި ކަންކަމުގެ ސަބަބުން ރާއްޖޭގެ ހާލަތު ވާނީ ރަނގަޅުކަމަށްވެސް ފާހަގަކުރިއިރު، މިކަންކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ ފުރިހަމަ ތާއީދާއި، އެއްބަރުލުން އެބަ އޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދެވި ހުރި ފައިސާގެ ބޮޑު ބައެއްވެސް މިހާރު ވަނީ ދޫކުރެވިފައިކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން އަންނަ މިންވަރު ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހެން ހުރި ކަންކަން ކުރިއަރުވައިގެން ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރެވިދާނެކަމަށެވެ.

ކުރަން ހުރި މަސައްކަތްތަކުގެ ބިންގާ ހުރީ އެޅިފައިކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ދެން ޖެހޭނީ މަސައްކަތް ފަށައިގަންނަންކަމަށެވެ.

ޑުބާއީގައި މިހާރު ކުރިއަށްދާ ބައްދަލުވުންތަކުގެ ތެރެއިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ވަރަށް ގިނަ ފަރާތްތަކާއި ބައްދަލުވަމުންދާކަމަށް ފާހަގަކޮސް މިއީވެސް ކާމިޔާބީއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުން ދޭހަ ކޮށްދެނީ ރާއްޖޭގައި ކަންކަން ކުރިއެރުވޭނެ މިންވަރުކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: