ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

90 ދުވަހުން ގައުމު ބަނގުރޫޓުކޮށްލާ އައު ވެރިކަމެއް ގާއިމުކުރުމަށް ރޭވި: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އަންނަތާ 90 ދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުކުރުމަށާއި ވެރިކަން ބަދަލުކުރުމަށް ބަޔަކު މީހުން ކުރީގެ ބައެއް ރައީސުންނާއި ގުޅިގެން ރާވައި އިންތިޒާމުކުރިކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު އާއިއެކު ލ އަތޮޅަށް ކުރެއްވި ދަތުރުގައި މާވަށުގައި ބޭއްވި ޖަލްސާގައި މިނިސްޓަރ ސައީދުވަނީ ވާހަކަދައްކަވާފައެވެ. އަދި އޭނާވަނީ މި ފުރުސަތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން ސަރުކާރަށް ލިބިގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި ރައީސް މުއިއްޒުއަށް ލ މާވަށުގެ މަޖިލިސް ގޮނޑި ރައްޔިތުން ދެއްވައިފި ހާލަތެއްގައި ރައްޔިތުން އެދިފައިވާ ހުރިހާކަމެއްގައި ސަރުކާރުން ނަތީޖާ ނެރެމުންދާ މަންޒަރު އޭނާއަށް ފެނިވަޑައިގަންނަވާކަމަށެވެ.

އެހެންނަމަވެސް އޭގެ ބަދަލުގައި ސަރުކާރާއި ވާދަވެރި ފަރާތަށް މާވަށު ދާއިރާގެ މަޖިލިސް ގޮނޑި ދީފި ހާލަތުގައި އެމްޑީޕީގެ ވިޕްލައިންގެ ސަބަބުން އެ ޕާޓީގެ މެމްބަރު ރަށަށް ކިތިންމެ ކަމެއް ކޮށްދޭން ބޭނުންވީ ނަމަވެސް ނުކޮށްދެވޭނެކަމަށެވެ. ސައީދު ވިދާޅުވީ، ވިޕްލައިނާއި ހިލާފުނުވުމަށް ޕާޓީއިން އަންގާފައި އޮންނަކަމަށެވެ. އެހެންކަމުން ރަށުގެ ތަރައްގީ ތާށިވެފައި ބާއްވަންވީ ކޮން ސަބަބަކަށް ތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެހެންކަމުން ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް ރަށަށްޓަކައި ވިސްނުމަށްފަހު ދަރިންގެ ހައްގުގައި ސަރުކާރަށް މާވަށުގެ ގޮނޑި ދިނުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެންދިޔަކަމަށެވެ. އަދި އެއީ ބަޔަކު މީހުންގެ ރޭވުމުގެ މަތިން ކުރިމަތިމި ގޮންޖެހުންތަކެއްކަމަށާއި ރާވާފައި އިންތިޒާމުކޮށްފައިވަނީ ރައީސް މުއިއްޒު ވެރިކަމަށް އަންނަތާ 90 ދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވާ ގޮަތަށްކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ހިއްސާކުރެއްވީ ހަގީގަތްކަމަށާއި މުޅި އެތި ޑިޒައިންކޮށް ސީލްކޮށް ބާއްވާފައި އޮތީ 3 މަސް ދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވުމުން ކުރީގެ ބައެއް ރައީސުން ހިމަނައިގެން އަލުން ސަރުކާރެއް އެކުލަވާލުމަށްކަމަށް ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެ ރޭވުންތައް މަސައްކަތްނުކުރިކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ މަގުސަދު ހާސިލުނުވީ ރައީސް މުއިއްޒު އެކަމަށް ފުރުސަތު ނުދެއްވުމުންކަމަށެވެ. އަދި އެމަނިކުފާނު އެ މަސައްކަތްތައް ކުރެއްވީ މެކްސިމަމް ރިސްކުގައިކަމަށާއި ބަނގުރޫޓު ނުވެ ހިފެހެއްޓެވީ ފައިސާ ޗާޕުކުރުން ހުއްޓާލެއްވުމަށްފަހުކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: