ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދަނީ ތުރުކީ މާކެޓުގައި ދިވެހި ވިޔަފާރިވެރިންނަށް އިސްކަން ހޯދުމަށް މަސައްކަތްކުރަމުން: ސައީދު

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު: ފޮޓޯ/ އެސްޑީއެފްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތުރުކީ އާއިއެކު އިގްތިސާދީ އެއްބަސްވުންތަކެއް ގާއިމުކުރުމުގެ ދެވަނަ ބުރު ކުރިއަށް ގެންގޮސްފިއެވެ.

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ތުރުކީ އާއިއެކު އެއްބަސްވުންތަކެއް ގާއިމުކުރުމގެ މަގުސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް އިސްކަން ލިބިގެންދާ މާހައުލެއް ތުރުކީގެ މާކެޓުގައި ގާއިމުކުރުންކަމަށެވެ. އެގޮތުން ބައެއް ޑިއުޓީތައް މާފުކުރުމުގެ މަގު ފަހިކުރުމާއި ވިޔަފާރިއަށް ދަތިވާހެން ކަނޑައެޅިފައިވާ އެފަދަ އުސޫލުތައްވެސް ބަދަލުކުރުންކަމަށެވެ.

މިނިސްޓަރ ސައީދު ތުރުކީ އަދި ރާއްޖޭގެ ދެމެދު ކުރެވެމުންދާ އިގްތިސާދީ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވިއިރު، ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ރަސްމީކޮށް ޒިޔާރަތްކުރެއްވީވެސް ތުރުކީއަށްކަން ފާހަގަކުރެވެއެވެ. އެ ދަތުރުގައި ރައީސް އާއިއެކު ދިވެހިރާއްޖޭގެ ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވިއިރު ގިނަ އަދަދެއްގެ އެއްބަސްވުންތައްވެސް އެކުލަވާލާފައިވެއެވެ. އެގޮތުން ވިޔަފާރިއާއި އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމުގެ އިތުރުން ދިފާއީ މަސައްކަތަކާއި ގުޅުންހުރި އެއްބަސްވުންތައް އެކުލަވާލިއިރު، ދާދި ފަހުން ތުރުކީއިން ދިވެހިރާއްޖެއަށް އަސްކަރީ ޑްރޯންތަކެއްވެސް ގެނެސް ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: