ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ނިންމުމަކީ ކުދި ވިޔަފާރިތަކަށް ވަރަށް މުހިންމު ނިންމުމެއް: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް އިން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާރޗަންޓުން އަންބްލޮކްކޮށް މުއާމަލާތްކުރެވޭގޮތަށް ހަމަޖެހިގެންދިއުމަކީ އިގްތިސާދީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލްއިން އިއުލާނުކުރުމާއި މިނިސްޓަރު ސައީދު ވަނީ އެކަމަށްޓަކައި ޝުކުރު ދަންނަވާ ޕޯސްޓެއްކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި ކުދި ވިޔާރިތަކަށް ބޭރު ފައިސާ ބަލައިގަނެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދިއުމަކީ ވިޔަފާރިކުރާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށެވެ. އެހެންކަމުން އެކަމަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓރު ވިދާޅުވީ، މިކަމުގެ ސަބަބުން އޮންލައިން އިންޓަރނޭޝަނަލް ސޭލްސް އެންޑް ޑިޖިޓަލް ޕްލެޓުފޯރމްތަކުގައި ވިޔަފާރިކޮށް ޑޮލަރުން އަގު ބަލައިގަނެވޭނެ މަގު ފަހިވެފައިވާކަމަށާއި، އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށް އިންތިހާއށާް މުުހިންމު ފިޔަވަޅެއްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: