ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

19 ވަނަ މަޖިލީހުގެ މެޖޯރިޓީއިން ކަންކުރީ ޑިމޮކްރެސީއާއި އެއްގޮތަަކަށް ނޫން: ސައީދު

އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ކަންކަން ކުރެއްވީ ޑިމޮކްރެޓިކް އަސާސްތަކާއި އެއްގޮތަށްކަމަށް ދެންނެނެވެން ނެތްކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މިނިސްޓަރ ވިދާޅުވީ، އެ ޕާޓީގެ މެމްބަރުން އަބަދުވެސް ހަމަޖެހުމަށް ލޯބިކުރާނެކަމަށާއި ގައުމިއްޔަތަށް އިސްކަން ދޭނެކަމަށެވެ. ސައީދު ވިދާޅުވީ، އިސްލާމް ދީނަކީ އެ ޕާޓީގެ ހުރިހާ ކަމެއްގެވެސް އަސާސްކަމަށާއި އެ ޕާޓީއިން ދިވެހިންނަށް އިސްކަން ދޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރަކީ ރައީސް ޑރ މުހައްމަދު މުއިއްޒުކަމަށާއި ޕާޓީގެ ތެރޭގައި ހުރީ އެމަނިކުފާނު އާލާކުރަން ބޭނުންވާ ފަދަ ހަރުދަނާ އުސޫލުތަކެއް ކަމަށެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީއިން އޭރު ކަންކުރީ ޑިމޮކްރެސީއާއި އެއްގޮތް ގޮތަކަށް ކަމަށް ދެންނެވެން ނެތްކަމަށެވެ. އެގޮތުން ރައްޔިތުން ރައީސް މުއިއްޒު އިންތިހާބު ކުރީ 54 އިންސައްތަ ވޯޓާއިއެކުކަމަށްވާއިރު މިހާރު ނިމިގެންދާ ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު އައްޔަނުކުރި ވަޒީރުންނަށް ރުހުން ދޭންވެސް ނުކެރުނުކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެމްޑީޕީއިން ރުހުން ދޭން ބޭނުން ނުވި މީހުންގެ ތެރޭގައި ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭކަމަށާއި އެއީ ދީނީ އިލްމުވެރިކަމަށް ދިވެހިރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެކަކުކަމަށްވެސް ހިއްސާކުރެއްވިއެވެ. އަދި ޑރ ޝަހީމްއަށް ރުހުން ނުދީ ދެން އެ މާގަމަށް ކޮން މީހަކަށްތޯ ރުހުން ދޭނީ އައްސަވައި މިނިސްޓަރވަނީ އެކަމުން ހަސަދެއް ފިލުވާލުމަށް ހިންގި އަމަލެއްކަން ސާފުވާކަމަށްވެސް ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ، އަދިވެސް ވަޒީރުންނަށް ރުހުން ނުދޭކަމަށާއި އެހެންނަމަވެސް މިއަދު ރައްޔިތުން ތިބީ ހަމައެކަނި މަންޒަރު ބަލަން ނޫންކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ޑިމޮކްރެސީ އާއި ގާނޫނުއަސާސީއަށް އިހުތިރާމް ކުޑަކުރުމުން ރައްޔިތުން އެކަމުގެ އަދަބު ދޭކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ރައްޔިތުން ހަމައެކަނި އޮބްޒާވް ކުރަން ތިބުމުގެ ބަދަލުގައި ފެންނަމުންދާ ކަންކަމާއި ގުޅިގެން ފިޔަވަޅުވެސް އަޅާކަމަަށެވެ.

މިނިސްޓަރ ވިދާޅުވީ، ބާރު އޮތީ ރައްޔިތުންގެ އަތުގައިކަމަށާއި 19 ވަނަ މަޖިލީހުގައި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ދިނުމުން އެކަމުގެ ނާޖާއިޒް ފައިދާ ނެގުމުން މިހާރު އެކަމުގެ އަދަބު އެ ޕާޓީއަށް ލިބިފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެމްޑީޕީއިންވަނީ ރައީސް މުއިއްޒުގެ ވެރިކަމަށް ފަސް މަސް ހަމަނުވަނީސް އެމަނިކުފާނު އަޒުލުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްފައިވާކަމަށާއި އެހެންކަމުން ސަރުކާރެއް ހިންގަން ހުރަސް އަޅައި އެމްޑީޕީއިން ހިންގަމުން ދިޔަ ހުރިހާ އަމަލުތަކެއް ރައްޔިތުންނަށް ފެނިފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: