އުރީދޫ 2024 ގެ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ހިލޭ ގަތަރު ޓްރިޕް ލިބޭ ލަކީ ޑްރޯ ގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.
އުރީދޫއިން ވަނީ ނަސީބުވެރިންގެ ގޮތުގައި ހޮވުނު ދެ ކަސްޓަމަރުން ކަމަށްވާ އަފީފް އަބްދުލް ސަމަދް އާއި މުހައްމަދު އަހްމަދަށް މަރުހަބާ ކިޔާފަ އެވެ.
އުރީދޫއިން ބުނެފައި ވަނީ މި ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި މުޖުތަމައުއާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެއް ކަމަށެވެ.
އަފީފް އަބްދުލް ސަމަދް އާއި މުހައްމަދު އަހްމަދު ނަސީބުވެރިންގެ ގޮތުގައި ހޮވާފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނެއެވެ.
އުރީދޫ ދޯހާ މެރެތަން 2024 ގައި ބައިވެރިވުމަށް ހޮވިފައިވާ ދެ ކަސްޓަމަރުން – އަފީފް އަބްދުލް ސަމަދް އާއި މުހައްމަދު އަހްމަދަށް އުރީދޫއިން ވަނީ މަރުހަބާ ކިޔާފަ އެވެ.

