ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އޮންލައިންކޮށް އިސްލާމް، ދިވެހި ކިޔަވައި ދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި

ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް އިފްތިތާހުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރީ، ޔޫއައިއޭގެ ތާޖް ޑުބާއީގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުމްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ކުރީގައި މި ޕްރޮގްރާމް ކުރިއަށް ގެންދެވީ އަމަލީ ގޮތުން ހާޒިރުވެގެން ކުރިއަށް ގެންދާ ގޮތަށެވެ.

ޔޫއޭއީގައި މި ޕްރޮގްރާމް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ރައީސް ވައުދުވެވަޑައިގެންނެވީ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޑުބާއީ އަށް ވަޑައިގެން، މި ގައުމުގައި ދިރިއުޅޭ ދިވެހިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހުއެވެ.

ޔޫއޭއީގައި މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިތުރަށް ފުޅާ ކުރައްވާނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ. އެގޮތުން މީގެ ކުރީގައި މި ޕްރޮގްރާމް ގެންދިޔަ، ލަންކާ އަދި މެލޭޝިއާގައިވެސް އޮންލައިންކޮށް ފައްޓަވާނެކަމަށާއި، އަދި އިތުރު ގައުމުތަކަށްވެސް މި ޕްރޮގްރާމް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލު ޝަފީއުވެސް ވިދާޅުވީ މި ޕްރޮގްރާމް އިތުރަށް ފުޅާ ކުރައްވާނެކަމަށެވެ. އެގޮތުން ބޭރުގައި އުޅޭ ދިވެހި ކިޔަވާ ކުދިންނަށް އެ ދެ މާއްދާ ކިޔަވައިދިނުމަށް ޚާއްޞަ އޮންލައިން ޗެނަލެއް ވަރަށް އަވަހަށް ޤާއިމުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: