ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގެ ދާއިރާގައި ކުދިން ބިނާނުކުރުމަށް ރަނގަޅު ސިޔާސަތެއް ގެނެސް ދެއްވާނަން: ރައީސް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޗުންނާއި އެކަޑެމީ ތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދައިދިނުމަށް ކުޅިވަރާއި ބެހޭ ވަޒީރު މެދުވެރިކޮށް އެސޯސިއޭޝަންތަކަށް އެކިގޮތްތައް ހޯދައި ދިނުމަށް ކުންފުނިތަކާއި މަޝްވަރާކޮށް ރަނގަޅު ސިޔާސަތެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި ލ.ފޮންދޫއަށް ނިސްބަތްވާ މުހައްމަދު އަނަސް ވަނީ ކުޅިވަރުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އަނަސްގެ ސުވާލުގައި ވަނީ ރަށްރަށުގައި އެކަޑެމީތައް ހަދައިގެން މަސައްކަތްކުރަމުން ދާއިރު މާލީ ގޮތުން ދިމާވާދަތިތައް ހައްލުކުރުމަށްޓަކައި ސީއެއްއާރުގެ ދަށުން ކުންފުނިތަކުން ކުޅިވަރަށް އެހީތެރިކަން ފޯރު ނުކޮށްދެނީ ކީއްވެތީ ސުވާލުކޮށްފައެވެ.

ކުޅިވަރުގެ ދާއިރާގައި ކުދިން ބިނާކުރުމަށްޓަކައި ހަމައެކަނި ކުރާ މަސައްކަތުގެ ތެރޭގައި ހިމެނެނީ ފުޓުބޯޅަ ނުވަތަ ހޭންޑްބޯޅަ އެކަނި ނޫންކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. އެ މަސައްކަތުގެ ތެރެއިން ކުދިންނަށް ލައިފްސްކިލް ދަސްކޮށްދިނުމާއި ކުދިން ބިނާ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ފާހަގަކުރިއެވެ. ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން އެކަޑެމީތަށް ބާރުވެރި ކުރުވުމަށް އެތަންތަނުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމާއި ގުޅިގެން ރައީސަށް ވަނީ ސުވާލު ކޮށްފައެވެ.

ރައިސް ވިދާޅުވީ ކުންފުނިތަކުން ކުދިން ތަމްރީނު ކުރުމަށްޓަކައި ހުންނަ އެކަޑެމީތަކަށް ނުވަތަ ޖަމިއްޔާ ތަކަށް އެހީތެރިނުވާ މައްސަލައަށް އެޑްރެސް ކުރައްވާނެ ކަމަށެވެ. ސަރުކާރުގެ އެކު ކުންފުނިތަކުން އެކި ރަށްރަށުގައި މަސައްކަތް ކުރަމުންދާއިރު ސީއެސްއާރު ގޮތުގައި ކުރިއައްއޮތް ތަނުގައި ކޯޗުންނާއި އެކަޑެމީތަކަށް އެފުރުސަތު ފަހިކޮށްދޭނެ ސިޔާސަތެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: