ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ރޯދަ ޕްރޮމޯޝަން، ކަސްޓަމަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންދާނެ!

މި އަހަރުގެ ރޯދަމަހަށ ހާއްސަކޮށްގެން އެމްޓީސީސީން ކުރިއަށްގެންދާ "ރޯދަ ޕްރޮމޯ 2024"
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ މީހުންނަށް އުމްރާއަށް ދެވޭނެ ފުރުސަތު ލިބިގެންދާ އިނާމެއް ލިބޭނެ ޕްރޮމޯޝަނެއް އޭޕްރިލް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީގެ ފަރާތުން ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އެ ކުންފުނީގެ ސީނިއާރ ޕްރަޑަކްޓް އޮފިސަރު ސާމިހު ޝެހެނާޒްވަނީ ސަންގުޓީވީއަށް މައުލޫމާތު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެ ދުވަސްވަރު އަޅުކަމުގެ އިތުރުން މޫދާއި ގުޅުންހުރި މުނިފޫހިފިލުވުމުގެ މަސައްކަތްތަކުގައިވެސް ރައްޔިތުން ޝާމިލުވާކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޓީސީސީގެ ސޭލްސް ޑިވިޝަނުންވަނީ މި އަހަރު ރޯދަ ޕްރޮމޯއެއް ހުޅުވާލާފައިވަކަމަށާއި ޕްރޮމޯގެ ދަށުން އެމްޓީސީސީއިން ވިއްކާ ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ލިބޭނެކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ 11 ފެބްރުއަރީގައި ފެށި ޕްރޮމޯޝަން އޭޕްރިލް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށެވެ.

އޭނާ ވިދާޅުވީ ޕްރޮމޯޝަން ކުރިއަށް ދާ ދުވަސްވަރު އެމްޓީސީސީގެ ޓީމުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ކަމާއި ގުޅުން ހުރި މައުލޫމާތައް އޮޑިވެރިންނާއި ހިއްސާކުުރުމަށް ކަނޑައަޅާފައިވާކަމަށާއި މާލެ ސަރަހައްދުގައިވެސް އިވެންޓުތަކެއް ކުރިއަަށް ގެންދިއުމަށް ހިއްސާކޮށްފައިވެއެވެ.

ސާމިހު ވިދާޅުވީ، އެމްޓީސީސީއިން ވިއްކާ ހުރިހާ ތަކެއްޗަކުންވެސް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެކަމަށާއި އެއީ ކަސްޓަމަރުންގެ ފީޑުބެކާއި އެދުންތަކަށް ރިއާޔަތްކޮށް ދީފައިވާ ޑިސްކައުންޓެއްކަމަށް ވިދާޅުވިއެވެ. އަދި ޕްރޮމޯޝަން ނިމިގެން ބައިވެރިވާ އެންމެންގެ ތެރެއިން ނަސީބުވެރި އެކަކަށް އިތުރު ފަރާތެއް ގޮވައިގެން އުމްރާއަށް ދިއުމަށް ފުރުސަތު ލިބޭނެކަމަށެވެ. އޭނާ ވިދާޅުވީ ކުރައްވާ ކޮންމެ ފަސް ހާސް ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި މީހަކަށް އެމްޓީސީސީއިން ރޯދަ ހަދިޔާއެއްގެ ސިފައިގައިވެސް ދޭ މި އިނާމު ލިބޭނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: