ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް މަޝްރޫއުތައް ނުހިންގިގެން ކުވައިތު ފަންޑުން، ފަންޑު އަނބުރާ ގެންގޮސްފައި އެބަހުރި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ހއއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރަށް ކުވައިތު ފަންޑުން ދިން ފަންޑުތައް މަޝްރޫއުތައް ނުހިންގިގެން އަނބުރާ ގެންގޮސްފައި އެބަހުރިކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރަށް ކުރައްވާ ދަތުރުފުޅުގައި ހދ ހަނިމާދޫއަށް ވަޑައިގެން މި ވާހަކަ ތަފްސީލުކޮށްދެއްވާ ކިޔައިދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުވައިތު ފަންޑުން ރާއްޖެއަށް ހިލޭ ދީފައިވާ އެހީތައް އަނބުރާ ގެންގޮސްފައި އެބަހުރިކަމަށެވެ. އެއީ މިދިޔަ ސަރުކާރުން ބައެއް ޕްރޮޖެކްޓްތައް ހިންގުން ލަސްކުރުމުގެ ސަބަބުންކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، ހދ ހަނިމާދޫއަށްވެސް މަޝްރޫއުތަކެއް ގެއްލިފައި އެބަހުރިކަމަށެވެ. އެގޮތުން 30 އެނދުގެ ހޮސްޕިޓަލް މަޝްރޫއު ކުރިއަށް ނުގޮސް އޮތީ މިހެންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ އުސޫލުތަކާއި، ޕްރޮސީޖާތައް ފޮލޯ ނުކޮށް ފަރުވާކުޑަ ކުރުމުގެ ނަތީޖާކަމަށެވެ.

ރައީސް އެ ފާހަގަކުރި މަޝްރޫއުއަށް މިދިޔަ ސަރުކާރުގެ ތެރޭގައި ދެ ފަހަރު ބީލަމަށް ހުޅުވާލިއެވެ. މި މަޝްރޫއުއާއި އަދި ހޮސްޕިޓަލްތަކާއި ގުޅުން ހުރި އެހެން މަޝްރޫއުތަކާއި ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރުމަށް ދުވަސް ނަގަނީ ކުވައިތު ފަންޑުން ފެހި ސިގްނަލް ނުލިބޭތީ ކަމަށެވެ. މާނައަކީ މަޝްރޫއު ކުރިއަށް ގެދިޔަސް އެންމެ ރަނގަޅުކަމަށް ނާންގާތީއެވެ. މި މަޝްރޫއުތަކަށްވާ ފައިސާ ބަޖެޓުގައިވެސް ހިމަނާފައިވެއެވެ.

71.1 މިލިއަ ރުފިޔާ ރައީސް އެ ވިދާޅުވީ ތިން މަޝްރޫއުއަށް ބަޖެޓުކޮށްފައިވެއެވެ. އަދި އޭގެ އިތުރުންވެސް 2.5 މިލިއަން ރުފިޔާ ހޮސްޕިޓަލްތަކާއި ގުޅުން ހުރި އިތުރު މަޝްރޫއުތަކަށް ހިމަނާފައިވެއެވެ.

އެމަނިކުފާނު ވަނީ ހަނިމާދޫ އެއާޕޯޓާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ކުރީ ސަރުކާރުން އިންވެސްޓް ކުރި ނަމަވެސް، އެއީ ނުއަގުގައި ހިންގާ މަޝްރޫއެއްކަމަށެވެ. މަޝްރޫއުގެ ސްކޭލްވެސް ކުޑަކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެ ސަރަހައްދަށް 8،000 އެނދު އަދި ސިނާއީ މަސައްކަތްތަކާއި ވިޔަފާރިތައް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށްވާއިރު، 6 ކިލޯ މީޓަރުގެ ރަންވޭއަކުން އެކަންކަން ކުރުމަށް ދަތިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއަށްވުރެ ދިގު ރަންވޭއެއް ހަނިމާދޫ އެއާޕޯޓަށް ބޭނުންވާކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެއާޕޯޓޫގެ ކެޕޭސިޓީ އަދިވެސް ބޮޑު ކުރުން މުހިންމުކަމަށެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް ލޯނު ދިން ފަރާތްތަކާއި ވާހަކަދައްކައިގެން މި މައްސަލައަށް އެދެވޭ ހައްލެއް ގެނައިސް، ރަންވޭއަށް 700 މީޓަރު އިތުރު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

މާނަ އަކީ ރަންވޭ ދިގުކޮށް އަދި އިތުރު 700 މީޓަރު އިތުރު ކުރެވޭތޯ މަސައްކަތް ކުރުން.
ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަމުން، ވީ ވައުދުތައް ފުއްދާ ރަށްރަށަށް ތަރައްގީ ގެނެސްދެއްވާނެކަމަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީކުރުމަށް އަދި އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރަހައްދީ ތަރައްގީ ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ގުދުރަތީ ގޮތުން ރާއްޖެ އޮތް ގޮތުގެ ސަބަބުން ކޮންމެ ރަށެއްގައި ހުރިހާ ހިދުމަތެއް ހުރުން މުހިންމުކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: