ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތައް ފުއްދަން މަޖިލިސް މުހިންމު، އެމްޑީޕީ އިސްކުރާނީ އަމިއްލަ އެޖެންޑާ: ރައީސް

ރައީސް ޑރ. މުއިއްޒު ކިނބިދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން - ފޮޓޯ؛ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެފައި ހުރި ވައުދުތައް ފުއްދުމަށް އެންމެ ބޮޑު ރޯލެއް އަދާކުރާނީ މަޖިލީހުންކަމަށްވުމުން މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް މުހިންމުކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ގާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ ކަނޑިތީމަށް ވަޑައިގެން ވާހަކަދައްކަަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި މަސައްކަތްތައް ކުރުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރާނީ މަޖިލީހުންކަމަށެވެ. އެގޮތުން ބަޖެޓު ފާސްކުރާއިރު، މެންބަރުން ތާއިދު މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއިރު، މި ސަރުކާރުން އަންނަނީ މިއަހަރަށް ކުރީ ސަރުކާރުން ފާސްކުރި ބަޖެޓާއިއެކު ކުރިއަށްދާ ދަތިތަކަމަށް ބުނަމުންނެވެ.

މަޖިލީހަށް މެންބަރުން ހޮވާއިރު މި ކަންކަމަށް ވިސްނާ ވަޑައިގަތުމަށް ރައީސް އެދިވަޑައިގެންވިއެވެ. ތަހުޒީބުވެފައިވާ ޑިމޮކްރަސީތަކުގައި ކޮންމެ ޕާޓީއަކަށް މެންބަރު ނިސްބަތްވީ ނަމަވެސް، އެ ދާއިރާއަކަށް ކުރިއެރުން އަންނަ ނަމަ، އެއްބާރުލުން ދޭކަމަށް ރައީސް ވިދާޅުވިއެވެ. ގައުމުތައް ތަރައްގީވަނީ މިފަދައިންކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެ އެއާއި ހިލާފަށް މާ ބޮޑަށް ސިޔާސީ ވެފައި އޮތުމުގެ ސަބަބުން، އިދިކޮޅު ޕާޓީތަކުން އިސްކުރަނީ ޕާޓީ ލައިންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕާޓީތަކުން މަސައްކަތް ކުރަނީ އެ ޕާޓީއެއްގެ އެޖެންޑާ ހާސިލްކުރުމަށްކަމަށް ވިދާޅުވިއެވެ.

ޕާޓީ ލައިނުން ވަރަށް ބޮޑަށް އަދި އަމުދުން މިހާރުގެ އިދިކޮޅު ޕާޓީން ވަރަށް ބޮޑަށް ޕާޓީ ލައިން ނަގަނީ. ތަރައްގީގެ ވިސްނުމެއް ނޫން، ގައުމަށް ފައިދާ ހުރި ކަންކަމެއް ނޫން. އެ ފަރާތްތަކުގެ އަމިއްލަ މަސްލަހަތުތަކެއް.

އެގޮތުން މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީއިން އަމަލު ކުރަމުންދަނީ މިހެންކަމަށް ފާހަގަކޮށް ރައީސް ވިދާޅުުވީ ގައުމަށް ފައިދާ ވާނީ ތަރައްގީ އިސްކުރުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: