ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި ފައިސާ ހުރި މިންވަރަކުން ރަށްތަކަށް ތަރައްގީ ގެންނާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުގައި ފައިސާ ހުރި މިންވަރަކުން ރަށްތަކަށް ތަރައްގީ ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިތަދޫގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކައިގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ރަށުގެ ރައްޔިތުން ކުރަމުން އައި އުއްމީދުތަކުގައި ކުލަ ޖައްސަވައިދެއްވާނެކަމަށެވެ. އެގޮތުން ރަށު ބަނދަރުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. މި މަޝްރޫއު ކުރިއަށް ދަނީ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މަޝްރޫއުއަށް ބޭނުންވާ ބަދަލުތައް ގެންނާނެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އެކަން ވޭތޯ ތިބޭ ތިބުން ނިމުމަކަށް ގެނެސްދެއްވާނެކަމަށެވެ.

ހިތަދޫގެ ބިން އިތުރުކުރުމަށް ބޭނުންވާ ފައިސާ ބެޖެޓުގައި ހިމަނާފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މީގެ އިތުރުންވެސް ވަރަށް ގިނަ މަޝްރޫއުތަކުގެ ވާހަކަތައް ކައުންސިލްއާއިއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ހިއްސާ ކުރިކަމަށެވެ.

އެގޮތުން ފުޓްބޯޅަ ދަނޑާއި، ވޮލީ ކޯޓުގެ މަޝްރޫއުވެސް ރައީސް ފާހަގަކުރެއްވިއެވެ. ސިއްހީ ދާއިރާވެސް އިތުރަށް ތަރައްގީ ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

އިތުރު މީހުން، ޑޮކްޓަރުންނާއި، އެކި މުވައްޒަފުން ހޯދުމުގެ މަސައްކަތްތަކާއި، މި ކަހަލަ މުހިންމު ކަންތައްތަކެއް އެބަހުރި ކުރިއަށް ގެންދަންޖެހޭ.

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސުކޫލުވެސް ތަރައްގީކޮށްދެއްވާނެކަމަށާއި، މިއަހަރުގެ ބަޖެޓުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް މިއަހަރު ހިންގާ، ބަޖެޓުގައި ފައިސާ ހުރި މިންވަރަކުން ކަންކަން ކޮށްދެއްވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ފާހަގަކޮށް ރައީސް ވަނީ މިކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: