ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ކަންބޮޑުވުމަށް ހައްލު ގެނެވޭނީ މަޖިލީހުގެ ތެރެއިން: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ކަންބޮޑުވުމަށް ހައްލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސްގައި ޚިދުމަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއިމެދު ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތައް ގާނޫނުގައި ކެޓަގަރައިޒްކޮށްފައި ހުންނަނީ ވަރަށް ދަން ފަންތިއެއްގައިކަމަށެވެ. ސަރުކާރުން ނުވަތަ ފިިނޭންސް މިނިސްޓްރީގެ ފަރާތުން މުސާރަ ބޮޑު ކުރުމަށް ބޭނުންވި ނަމަވެސް ގަވާއިދު އޮންނަ ގޮތުގެ ސަބަބުން އެކަން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ބޭނުންފުޅުވެލައްވަނީ ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އިގްތިސާދު ހަރުދަނާކޮށް ވަރުގަދަ ކުރެވޭ މިންވަރަކުން މުސާރަތައް ބޮޑު ކުރައްވާނެކަމަށެވެ.

ކައުންސިލްތަކުގެ އިދާރާ މުވައްޒަފުންގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއްކަމަށް ރައީސް ވިދާޅުވިއެވެ. އެ މުވައްޒަފުން އެންމެ ދަށް ފަންތީގައި ކެޓަގަރައިޒްކޮށްފައި ތިބޭ ތިބުމަށް މިހާރުން މިހާރަށްވެސް ހައްލު ގެންނަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. މިކަން ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭނީ މަޖިލީހުގެ ތެރެއިންކަމަށް ފާހަގަކުރެއްވިއެވެ.

މި މައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން މީގެ ކުރިން ރައީސް ވިދާޅުވީ ވަރަށް ގާތުން ކައުންސިލް މުވައްޒަފުންގެ މަސައްކަތްތައް ދެކިފައި ހުރި މީހެއްގެ ހައިސިއްޔަތުން އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް އެނގިވަޑައިގަންނަވާކަމަށެވެ. މިކަމުގައި ގާނޫނީ މައްސަލަތަކެއް އަންނައިރު، މި މައްސަލައިގައި ސިވިލް ސަރވިސް އަދި ލޯކަލް ގަވަރމެންޓު އޮތޯރިޓީ (އެލްޖީއޭ) އާއިވެސް ހިޔާލު އެއްގޮތް ނުކުރެވިފައި ހުރި ކަންތައްތަކެއް އެބަހުރިކަމަށެވެ.

ރައިސް ވިދާޅުވީ އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، މި މަސައްކަތް ކުރެއްވުމުގެ މަސައްކަތް ކުރެއްވިންކަމަށެވެ. ގާނޫނުގެ މާއްދާތަކަށް ބޭނުންވާ ބަދަލުތައް ގެނައިސް މި މައްސަލައަށް ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: