ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަފްތާ 14 ގެ ހުރިހާ ވައުދުތަކެއް ޓާގެޓާއި ހަމައަށް ފުއްދިއްޖެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާ ހިސާބަށް އައިރު ޓާގެޓާއި ހަމައަށް ހުރިހާ ވައުދެއްވެސް ވަނީ ފުއްދިފައިކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގެ ފަރާތުން ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައެވެ.

ރައްޔިތަކު ސުވާލުކުރީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ވީ ވައުދުތަކުގެ ކިހާ އިންސައްތައެއް ފުއްދިއްޖެކަމާއިމެދުގައެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންކަން ސުވާލުގައި ފާހަގަކޮށްފައިވެއެވެ. އަދި ވައުދު ފުއްދުމަށް ބޭނުންވާ ވަގުތު ރައްޔިތުން ދެމުން ގެންދާކަމަށްވެސް ފާހަގަކުރިއެވެ.

ރައީސް ވިދާޅުވީ ވީ ކޮންމެ ވައުދަކީ ފުއްދުމަށްވީ ވައުދުތަކެއްކަމަށާއި، މަސައްކަތްތައްވެސް ބައްޓަން ކުރެވިފައިވަނީ އެ މަގުންކަމަށެވެ.

ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅި 161 ވައުދުގެ ތެރެއިން، ހުރިހާ ވައުދެއްހެން ޓާގެޓާއި ހަމައަށް ފުއްދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ދެތިންކަމެއް ނުނިމި އޮތް ނަމަވެސް މިހާރު ނިމުމަކާއި ގާތްވެފައިވާކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އެއީ 6 ވައުދެއްގެ މަސައްކަތްކަމަށެވެ.

ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރެއިންވެސް، ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ރައްޔިތުން އެދޭ ކަންކަން މިނިސްޓްރީތަކުންވެސް ދަނީ ކޮށްދެއްވަމުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: