ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ސްރީލަންކާ ދެމެދު އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި ސްރީލަންކާ ދެމެދު އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ސްރީލަންކާ ދެމެދު އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި ވަނީ، މިނިސްޓަރ މުހައްމަދު ސައީދާއި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް މަޒްރަވީ ޖައުފަރު ސޯދިގު ދެމެދު ކަމަށެވެ.

މި މަޝްވަރާތަކާއި ގުޅޭގޮތުން މިނިސްޓްރީން މާބޮޑު ތަފްސީލެއް ނުދިން ނަމަވެސް ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ކުރި މަޝްވަރާތަކުގައި ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް އެއްބަސްވެފަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްކަމަށް ވާހަކަ ދެކެވިފައިވާ މިވަގުތުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އިންވެސްޓްމަންޓުތައް ހޯދައި ރާއްޖެއަށް އައު ޕްރޮޖެކްޓުތައް ގެނައުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: