ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޓި ޑިފެކްޝަން ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ޑިފެކްޝަން ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ބަލައިގަތުމާއި ގުޅޭ ގޮތުން ނެގި ވޯޓުގައި، ނުފެންނަކަމަށް ވޯޓު ދިން އެއްވެސް މެންބަރަކު ނެތެވެ. 41 މެންބަރުންގެ ވޯޓާއިއެކު މި ބިލު ފާސްކުރިއިރު، ބިލު ދެން ފޮނުވާނީ މަޖިލީހުގެ ވަގުތީ ކޮމިޓީއަށެވެ.

ރައްޔިތުންގެ މަޖީލީހަށް އެ މެމްބަރަކު އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ބިލު ހުށަހަޅުއްވައި އަހުމަދު ވިދާޅުވީ ބިލުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ހިނގަމުން ދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށޫން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބުވުމަށް ފަހު ދެން ޕާޓީ ބަދަލުކުރާ ހާލަތެއްގައި އަމަލު ކުރަން ޖެހޭ އުސޫލު ބަޔާން ކުރުމެވެ.

އެހެންކަމުން ދައުރުގެ މެދުތެރޭގައި މެމްބަރަކު ގޮނޑި ބަދަލުކޮށްފި ނަމަ، އެބޭފުޅެއްގެ ގޮނޑިއާއި މެދު އަމަލު ކުރާނެ ގޮތާއި ގޮނޑި ގެއްލުމުން ދެން ބައި އިލެކްޝަން ބޭއްވުމުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށް ގާނޫނެއް ގެނައުމަށް ހުށަހެޅީކަމަށް އަހުމަދު ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަންގެ މަގްސަދުކަމަށް ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ޑަބްލިއުޑީސީތައް އެއީ އިންތިހާބުވި ފިކުރުގައި ދެމިތިބޭ ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ. އަދި ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ، ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުމެވެ.

ބިލުގައި ބުނާގޮތުން ޕާޓީ ބަދަލުކޮށްފިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެމްބަރަކު އިސްތިއުފާ ދޭންވާނެ އެވެ. އަދި އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލް، އަދި ކައުންސިލް މެމްބަރުންނާއި ޑަބްލިއުޑީސީގެ ގޮނޑި ހުސްވާނީ ވެސް އިލެކްޝަންސް ކޮމިޝަނުގައި އެކަން ދަފްތަރުވާ ހިސާބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: