ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަަތަރު މަހަށް ކަނޑައެޅި ކަންކަން ހާސިލުވެއްޖެ، އިދިކޮޅުން ދައްކަނީ ސިޔާސީ ވާހަކަ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ފުރަތަމަ ހަތަރު މަސް ދުވަހަށް ކަނޑައެޅި ކަންކަން ހާސިލުކުރެވިފައިވާކަމަށާއި އެކަމުގެ ހެކި ފެންނަން ހުންނާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ސަރުކާރަށް އުންމީދުތަކާއި އެއް މިންގަނޑަށް މަސައްކަތް ނުކުރެވޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައީސް ޑރ މުއިއްޒުވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރު މަސައްކަތްކުރަމުން އައިސްފައިވަނީ ދައުރުގެ ފުރަތަމަ ހަތަރު މަސް ދުވަހަށް ޕްލޭނެއް ކަނޑައަޅައި އެ ވިސްނުމާއި އެއްގޮތަށްކަމަށެވެ. އަދި އެކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް ޕަބްލިޝްވެސް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިނަމަވެސް ކުރެވިފައިވާ ކަންކަމުގެ ހެކި ފެންނަންވެސް ހުރިކަމަށެވެ. އަދި ހަތަރު މަސް ދުވަހުގެ ތެރޭގައި ކުރުުމަށް ކަނޑައެޅި މަސައްކަތްތައް ޓާގެޓާއި އެއްގޮތަށް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ވާހަކަތައް ދައްކާނެކަމަށާއި އެއީ މައްސަލައެއް ނޫންކަމަށެވެ. އެހެންމަވެސް ދައްކާ ވާހަކަތަކަކީ ހަގީގަތާއި އެއްގޮތަށް ދެއްކޭ ވާހަކަތަކަކަށް ވާންޖެހޭކަމަށާއި ސިޔާސީ ބޭނުމަށް ވާހަކަތައް ދައްކަމުންދިޔަނަމަވެސް ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސާފުކޮށް ފެންނާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކި ދާއިރާތަކުން ކަނޑައެޅިފައިވާ ޓާގެޓުތަކަށް ވާސިލުވެވިފައިވާކަމަށެވެ. މިސާލެއްގެ ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގެ ފަސްގަނޑުން ބޭލުމަށް ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓާއި އެއްގޮތަށް އެ މަސައްކަތްތައް ކުރިއަށް ދާކަމަށާއި އެކަމުގެ ހުރިހާ ތަފްސީލުތަކެއް ތާރީހުތަކާއި އެކު އިއުލާނުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ކަނޑައެޅި ޓާގެޓުތަކަށް ވަނީ މަސައްކަތް ކުރެވިފައި، އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ވާހަކަތައް ދައްކަވާނެ. އެއީކީ މައްސަލައެއް ވެސް ނޫން. އެކަމަކު ދައްކަވާ ވާހަކައިގެ ތެދު ހަގީގަތް އޮންނަން ޖެހޭނެ

އެމަނިކުފާނު ވިދާޅުވީ، ހަމަ އެގޮތަށް ބައިވަރު މަސައްކަތްތަކެއް ކޮށްފައިވާކަަމަށާއި ފައިސާ ޗާޕުކުރަމުންދިޔަ ދިއުން ވައުދާއި އެއްގޮތަށް ނިމުމަކަށް ގެނެސްފައިވާކަމަށްވެސް އަލިއެޅުއްވިއެވެ. ރައީސް ވިދާޅުވީ، އިގްތިސާދީ ވަރަށް ގިނަ މަސައްކަތްތައްވެސް ކަނޑައެޅިފައިވާ ގޮތުގެ މަތިން ފެށިފައިވާކަމަށާއި ގިނަ އަދަދެއްގެ މަޝްރޫޢޫތަކާއި އިންވެސްޓުމެންތުތަކަށް ފުރުސަތު ހޯދުން ފަދަ އެތައް ކަމެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިޖްތިމާއީ ދާއިރާއިންވެސް ރައްޔިތުންނަށް ފައިދާވާ އެތައް ކަމެއް ސަރުކާރުން ފަށާފައިވާކަމަށާއި ގެދޮރުވެރިކަމުގެ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެއަރ އެމްބިއުލާންސްގެ ހިދުމަތް ގާއިމުކުރުން ފަދަ އެތައް ކަމެއް ހަތަރު މަސް ދުވަހުގެ ތެރޭގައި ހާސިލުކުރެވިފައިވާކަމަށެވެ. އަދި ކުރެވިފައިވާ މަސައްކަތްތައް ހުރީ ފެންނަންކަމަށާއި އުންމީދުތަކާއި އެއް މިންގަނޑަށް މަސައްކަތްނުކުރެވޭކަމަށް ބުނަމުންދަނީ ސިޔާސީ ގޮތުންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދެއްވެސް ފުއްދަމުންދާކަމަށެވެ. އަދި މަސައްކަތްތައް ކުރަމުންދާނީ ވިދާޅުވެފައިވާ ގޮތުގެ މަތިންކަމަށާއި ކުރިއަށް އޮތްތާނގައިވެސް އެގޮތުގެ މަތިން ނަތީޖާތައް ނެރެދެއްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: