ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ މަގާމު އަދާ ކުރެއްވުމަކީ އިތުރުފުޅު ހައްދަވަން ލިބޭ ލައިސެންސެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމު އަދާ ކުރެއްވުމަކީ އިތުރުފުޅު ހައްދަވަން ލިބޭ ލައިސެންސެއް ނޫންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް އަހްމަދު މުސްތަފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައެވެ. ރައީސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ފްލެޓުތައް ދީފައިވަނީ އެއްވެސް ބެލުމެއް ނެތިކަމަށެވެ. ރައީސް އޮފީހުގައި ވަކި ލިސްޓެއް ހެދިކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އެ ގެންދަނީ މި މައްސަލަތަކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރަށް އަމާޒުކުރާ މިފަދަ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރެއްވިއެވެ. އަދި ރައްޔިތުން އެ ވާހަކަތައް ގަބޫލު ނުކުރާނެކަމަށްވެސް ވިދާޅުވިއެވެ. ވެރިކަން ކުރެއްވުމަކީ ހިތްޕުޅަށް އަރާހާ ވާހަކައެއް ދައްކަވަން އޮތް ލައިސެންސެއް ނޫންކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އިހުލާސްތެރިވާން ޖެހޭނެކަމަށެވެ. ރައްޔިތުންގެ އަރިހުގައި ވާހަކަދައްކަވަން ޖެހޭނީ ތެދު ބަހުންކަމަށް ބުނެ އެ ވާހަކަތައް ރައީސް އަމާޒު ކުރެއްވީ ރައީސް ސާލިހަށެވެ.

ފަސް އަހަރު ރައީސްކަމަށް ހުރުމަށް ފުރުސަތު ލިބިގެން ދިޔުމަކީ ހިތްޕުޅަށް އަރާ ވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއްދެވުމަށް އޮތް ލައިސަންސްއެއް ނޫން.

ރައީސް ވިދާޅުވިއެވެ.

އަމިއްލަ ނަފްސަށް ތެދުވެރިވެ، ޒިންމާދާރު ވާން ޖެހޭކަމަށް ފާހަގަކޮށް ރައީސް ވަނީ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 2 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ދިން ގޯތިތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ފުރަތަމަ ބުރުގައި 9،000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، މި ހުރިހާ ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާކަމަށެވެ. ބައެއް ފަރާތްތަކަށް ބިންވެސް ހަވާލުކޮށްފައިވާކަމަށާއި، ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ނުދަނީ މި މަސައްކަތް އޭސީސީއިން ހުއްޓުވާފައި އޮތުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: