ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ މުދާ ބޭނުން ގޮތަކަށް ހަރަދުކުރަން ރައްޔިތުން ރައީސްއަށް ލައިސަންސްއެއް ނުދޭ: ރައީސް ސޯލިހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ---- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މުދާ ބޭނުންގޮތަކަށް ހަރަދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ރައްޔިތުން ލައިސަންސް ނުދެއްވާކަމަށް އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިސްރާބު ހަމަމަގަށް ނަމުގައި އެމްޑީޕީން ކުރިއަށްގެންދިޔަ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މިސްރާބު ފާލުން ނައްޓައިލައިފައިވާކަމަށެވެ. އަދި ސަރުކާރުން ދަނީ ދޮގު ހަދަމުންކަމަށާއި އެކަން ރަނގަޅު ކުރުމަށް ކުރެވޭނެ ކަމަކީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ހޯދުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ހަމައެކަނި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެގެން ދަނީ މި ވޭތުވެދިޔަ އަހަރު ޓެކްސްގެ ނިޒާމަށް ގެނެވުނު ބަދަލެއްގެ ސަބަބުން ކަމަށާއި އިތުރު އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. އަޅާނުލާ ތިބެއްޖެނަމަ ހާލަތު ހީނުކުރާ ހިސާބަށް އިގްތިސާދީ ގޮތުންވެސް ވެއްޓިގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް އެމްޑީޕީން އައިއިރު ރައީސް ޔާމީންގެ ވެރިކަމުގައި ފަށާފައިވާ އެތައް މަޝްރޫއެއް ހުރިކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުން އެ މަޝްރޫއުތައް ނުހުއްޓުވާ ކަމަށެވެ. ހިޔާ ފުލެޓުގެ ހަމައެކަނި ހުރީ ބިންގާ އަޅައިފައި ކަމަށާއި އެހެންނަމަވެސް އެ މަޝްރޫއު ހުއްޓާލިނަމަ ގެއްލުންވެގެންދާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ އެ މަޝްރޫއު ނިންމުމަށްފަހު އޭރުގެ ލިސްޓާއި އެއްގޮތަށް ފުލެޓުތައް ދީފައިވާކަމަށެވެ. މީގެއިތުރުން ފަރެސްމާތޮޑާ އެއަރޕޯޓުވެސް އެއްހެކްޓަރުގެ ބިން ހިއްކާފައި ވަނިކޮށް އެކަންވެސް ނިންމި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މަގޫދޫގައި އަޅަން ފަށާފައިވާ އެއަރޕޯޓު ހުއްޓާލުމަށްފަހު އަމިއްލަ ކޮށްކޮއަށް ކެމްޕެއިން ކުރުމަށްޓަކައި މުޅި ދައުލަތުގެ ހަޒާނާ ހުސްކުރަމުން ގެންދާކަމަށެވެ. އެހެންކަމުން އެކަމަކީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: