ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަގް ދަތި ހާލަތުގައިވެސް ރާއްޖޭގައި ތަރައްގީ ނުފެންނަ ރަށެއް ނެތް: މާރިޔާ

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކޮވިޑްގެ ދަތި ހާލާތުގައިވެސް ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ރާޢްޖޭގައި ތަރައްގީ ނުފެންނަ އެއްވެސް ރަށެއް ނެތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ގަލޮޅު ތަރާވީހުގައި މާރިޔާ ވިދާޅުވީ މިސަރުކާރުގައި ހުރިހާ ތަރައްގީގެ މަޝްރޫއެއް ހުއްޓިފައިވާ ކަމަށެވެ. އެހެންކަމުން އަލުން ތަރައްގީ ގެނައުމަށްޓަކައި އަދި މި ސަރުކާރުން ދޮގު ހަދަމުންދާ ކަމަށާއި އެކަން ހުއްޓުވުމަށް ބޭނުންވާނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ ގޯތި ކަށަވަރު ކުރުމަށްޓަކައި ނުވަތަ ދިވެހިރާއްޖެ މި ގޮތުގައި ދެމި އޮންނަން ބޭނުންވާނަމަ އެމްޑީޕީގެ މެންބަރުންނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. ބޭރު މީހުންގެ ވާހަކަ މި ސަރުކާރުން ދައްކާއިރު މާލޭގެ ދެބައި ކުޅަ އެއްބައި ބޭރު މީހަކަށް ވިއްކާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މާލޭގެ މީހުން ހާލުގައި ޖެހިފައި ވަނިކޮށް ބޭރުގެ މިހަކަށް މިތަން ވިއްކާލައިފައިވާކަމަށާއި އެހެންނަމަވެސް ރައީސް މުއިއްޒު ޑޯޓުޑޯ ހަރަކާތް ތަކަށް ނިކުންނެވުމުންވެސް ރައްޔިތުން އުޅޭ ހާލު ފެނިވަޑައިގަންނަވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން މާރިޔާ ވިދާޅުވީ ގޯތި ދޭނަމޭ ބުނެވެސް މި ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށާއި އެހެންކަމުން އެކަން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ޖެހޭކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: