ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ، މާލެ ބްރިޖެއް ނުވަތަ ޓަނަލަކުން ވެސް ގުޅައި ނުލެވޭނެ: އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް --- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ އާއި މާލެ ބުރިޖަކުން ގުޅައިނުލެވޭނެ ކަމަށާއި އަދި ޓަނަލްއަކުން ވެސް ގުޅައި ނުލެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ކެމްފެއިން ޖަލްސާގައި އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން އެންމެ އެދޭ އެއްކަންތައް ކަމަށްވާ ގޯތި ގެދޮރުގެ މައްސަލައަށް 50 އަހަރުވެފައި ވާކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން އައިސް ބޯހިޔާވަހިކަމަށް ހައްލެއްގެނައުމަށްޓަކައި ނިމިދިޔަ ދައުރުގައި ކުރި މަސައްކަތުން މިހާރު ވަނީ މާލޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ސިޔާސަތެއް ގެނެސްދެއްވާފައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ ހުރިހާ ކަމެއް ނިންމާ ދެންއޮތީ ހަމައެކަނި ގަނޑުކޮޅެއް ދިނުމުގެ މަސައްކަތް ކަމަށެވެ. އެހެންނަމަވެސް ހަތަރު މަސްވެގެން ދިޔައިރުވެސް އެކަން ނުކުރެވި އޮތް ބަޔަކަށް އިތުބާރު ނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެމްޑީޕީއަށް ވޯޓު ނުދީފި ނަމަ ރައްޔިތުންނަށް ލިބިފައިވައިވާ ގޯތިތައް ކަށަވަރު ނުވާނެކަމަށެވެ.

 50 އަހަރުވަންދެން ނުކޮށްދީ އޮތްކަމެއް އަޅުގަނޑުމެންގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތެއް ގެނެސްގެން ކޮށްދިނުމަށްޓަކައި މަސައްކަތެއް ފަށައިގެން ހުރިހާ ކަމެއް ގާތްގަނޑަކަށް ނިންމާހިސާބަށް ގެންގޮސްދީފައި އޮތީ.. އެއީ ހުޅުމާލެ ފޭސް 3، ހުޅުމާލެ ފޭސް 2 ނިމިފައިވަނީ.. ގުޅީ ފަޅުން ގޯތި ދެވިފައިވަނީ.. ގިރާވަރުފަޅުން ދެވިފައިވަނީ.. ދަފްތަރުގައި ތިބި މީހުންނާއި، ކުދި ތަންތަުގައި ދިރިއުޅޭ މީހުންނާއި، އަދި މާލޭގައި 20 އަހަރު އުޅުނު މީހުންނަށް އުތުރުތިލަފަޅުން ގޯތި ދިނުމަށް ހުރިހާ ކަމެއް އޮތީ ނިންމާފައި

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވާ ތަނެއްގައި ދަނޑުވެރިކަން ކުރުމުގެ އެއްވެސް ބޭނުމެއް ނުފެންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. ރަސްމާލެ އާއި މާލެ ގުޅައިލެވޭނެ އެއްވެސް ގޮތެއްނެތް އިރު އެތަނަށް މާލޭގެ ރައްޔިތުން ގެންދަން މަސައްކަތް ކުރަނީ މާލޭގެ ރައްޔިތުން ނިކަމެއްތިކޮށްލަން ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީން ރަނގަޅު ސިޔާސަތެއް ގެނައުމުން އެކަން ބޮލާލާ ޖަހަން ނުޖެހޭ ކަމަށާއި އެއްސަރުކާރުން އަނެއްސަރުކާއަށް ބަދަލުވާއިރު ރަނގަޅު ކަމެއް ކޮށްފައި އޮތްނަމަ އެކަން ފުރިހަމަކުރުމަކީ ނުވަތަ އެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ މީގެކުރިން މާލެއާއި ރަސްމާލެ ކަނޑު އަޑީގެ ރޭލު ޓަނަލަކުން ގުޅުވާލުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ  މިއީ މުޅި ދުނިޔޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރެވޭ އަންޑަ ވޯޓާރ ޓަނަލް މާލެއިން ރަސްމާލެއަށް ގުޅުވާލުމަށް ކުރާ މަސައްކަތް ވެގެން ދާނީ ކަނޑުގެ އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނާނެ ޕްރޮޖެކްޓެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: