ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންވެސް ވިދާޅުވީ ރައީސް މުއިއްޒު އިތުރުފުޅު ހައްދަވާކަމަށް: މާރިޔާ

އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން މާރިޔާ ދީދީ --- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމީންވެސް ގެންދަވަނީ ރައީސް މުއިއްޒު އިތުރުފުޅުހައްދަވާ ވާހަކަ އާއި އެމަނިކުފާނަށް އަނިވެރިވާ ވާހަކަ ވިދާޅުވަމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާތަކުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތްކަމަށާއި، އެމަނިކުފާނު މިނިވަން ކުރުމަށް ސަރުކާރުން ކުރާ އެއްވެސް މަސައްކަތެއް ނެތްކަމަށެވެ. ރައީސް ޔާމިން ވަނީ، ސަރުކާރުން އެމަނިކުފާނަށް އިންސާފު ހޯދައިދޭން މަސައްކަތް ނުކުރާކަމަށް ވިދާޅުވެފަ އެވެ. ހައިކޯޓުގައި މައްސަލަ ތާށިވެފައި އޮތީ ރައީސް ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި، ރައީސް މުއިއްޒާއި ޕާޓީގެ ލީޑާޝިޕް އެގޮތަށް ބޭނުންވާތީ އެވެ.

މިސްރާބު ހަމަމަގަށް ނަމުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި މާރިޔާ ވިދާޅުވީ މި ސަރުކާރުން ބުނަމުންއައި އެމްޑީޕީން ވެރިކަން ކުރީ ބޭރުގެ ވަޒީރުންގެ ފަރާތުން އޯޑަރު ނަގައިގެން ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށާއި ކޮންމެ އެގާރަ ދުވަހުން ޕްރިޖެކްޓުތައް ނިންމަމުން ދިޔައީ ރާއްޖޭގެ ރައްޔިތުންގެ ހެވާ ލާބަޔަށްޓަކައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންޑިއާ އިންވެސް ފަތުރުވެރިން ނާންނަ ވާހަކަ ދައްކަން ފެށީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ކަމަށް މާރިޔާ ވިދާޅުވިއެވެ. މި ރާއްޖޭއަށް ވެދާނެ ފައިދާއަށްޓަކައި ރާއްޖޭގެ ރައްޔިތުން ހާލުގައި ބައިތިއްބުމަކީ ރައީސް މުއިއްޒުގެ އާމަޒުކަމުގައި ވެފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

“ހުރިހާ ޕްރޮޖެކްޓުތަކެއް ހުއްޓައިލައިފި.. މި ރޯދަމަހުގެ ދިހަ ދުވަހަށްވެސް އެ ކަނޑާލި މީހުން އަނެއްކާ ތިބީ ދުވަހު މުސާރައަށް ނަގާފައި.. އެކަމަކު މި ދާ ދިހަ ދުވަހު އެމީހުން ގޭގައި ބަހައްޓާފައި އެމީހުންނަށްވެސް އެއްވެސް ފައިސާއެއް ލިބޭނެ ގޮތެއް ނެތް.. ބިރުވެރިކަމެއްގައި ބަހައްޓާފައިތިބެނީ.. ކެމްޕެއިނުގައިވެސް އެހެން މީހަކާއި އަގައިން ބުނި ނަމަވެސް ކަނޑާލާނެ ކަމުގެ އިންޒާރު ދީފައިވަނީ” މާރިޔާ ވިދާޅުވިއެވެ.

މި ރާއްޖެ 2008 ވަނަ އަހަރުން ފެށިގެން ނުދެކޭ ހާލަތަކަށް 4 މަސްދުވަސްތެރޭގައި ގެންގޮސްފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ބޮޑު އަގުލަބިއްޔަތެއް ރައްޔިތުން ދޭން ބޭނުންވެފައިވާ މަންޒަރު ފެނިގެންދާ ކަމަށެވެ. މި ރާއްޖޭގެ ރަށްށަށް ވަޑައިގަތުމުން ރައީސް މުއިއްޒު އަޒުލު ކުރަންޖެހޭ ކަމަށް ރައްޔިތުން ބުނަމުން އަންނަކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މަގުމަތިން މީހުން ވައްޓާލަން ނުކުތުމަކީ ގަބޫލުކުރާކަމެއް ނޫންކަމަށާއި އެހެންނަމަވެސް ހިތްހަމަ ނުޖެހޭނަމަ މުޒާހަރާ ކުރެވިދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިއަކު ކަމުނުގޮއްސިއްޔާ ގާނޫނީގޮތުން އެވެރިއަކު ވަކިކުރެވޭނެ ގޮތުގެވާހަކަ ގާނޫނު އަސާސީގައި އޮންނަ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓަށް ފޭބިއިރު އިންޑިއާގެ ދިދަ ޖަހާފައިވާ ކަމަށާއި މިސަރުކާރުން ބުނާ ޓެކްނިކަލް މީހުން އެ އެއަރޕޯޓުގައި ތިބިކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ ކުރިހާވެސް ކަމަކީ އަވައްޓެރި އިންޑިއާގެ ގައުމު ހިންހަމަ ނުޖެއްސުމަށްކުރި ކަންކަން ކަމަށާއި އަދި އެކަމުގެ ސަބަބުން ރާއްޖެއަށް އެތައް އުނދަގޫތަކެއް ވަމުންދާކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސަރުކާރަށް ކުރެވޭނީ ކޮންމެސް އެއްކަމެއް ކަމަށެވެ. އެއީ މަޝްރޫއުތައް ކުރިއަށް ގެންދާނަމަ އެއްޗިސްގެ އަގު ބޮޑު ވާނެ ކަމަށާއި އަދި އެއްޗެސްގެ އަގު ދަށްކުރަން ބޭނުންވާނަމަ މަޝްރޫއުތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: