ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުތިލަފަޅަށް ޗައިނާ އަންނަނީ ދަނޑުވެރިކަމުގެ ބޭނުމަކަށް ނޫން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާރސަން ފައްޔާޒް އިސްމާއިލް --- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރުތިލަފަޅަށް ޗައިނާއިން އަންނަނީ ދަނޑުވެރިކަމުގެ ބޭނުމުގައި ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ތަނުގައި ކުރާނީ ޗައިނާގެ އަސްކަރީ މަސައްކަތް ކަމަށް އެމްޑީޕީގެ ޗެއާޕާރސަން ފައްޔާޒް އިސްމާއިލް ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީން ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ ލޮނުގައި ގަސް އިންދަން އުޅޭ ސަބަބު ވިސްނަންޖެހޭ ކަމަށެވެ. ފައްޔާޒް ވިދާޅުވީ ލ. އަތޮޅުގައި ގިނަ ބިން އޮތް ކަމަށާއި އެތަންތަނުގައި ދަނޑުވެރިކަން ކުރެވޭނެ ކަމަށެވެ.

މިކަމުގައި ޖިއޯ ޕޮލިޓިކްސްގެ ގިނަ ކަންކަން އެކުލެވޭ ކަމަށެވެ. އެތަނަށް ދަނީ ގަސްއިންދަން ނޫންކަމަށާއި އެތާ ކުރިމަތީގައި އެމްއެންޑީއެފްގެ ބަނދަރެއް އޮތްކަމަށް ފައްޔާޒް ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ގާތް ގަނޑަކަށް ތިންމަސްދުވަސް ވަންދެން ޗައިނާގެ ނޭވީ ވެސަލްއެއް ދިވެހިރާއްޖޭގެ ކަނޑުއަޑި އޮތްގޮތް ބަލަމުން ޗާޓު ހަދަމުންދާކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި އެގްރީމެންޓު ތަކެއް ހަދާ އެކަމަކީ ހާމަކަން ބޮޑު ގޮތެއްގައި ކުރިކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އެގްރިމެންޓެއް އޮތްކަމެއްވެސް ނެތް ކަމެއްވެސް ނޭންގޭ ކަމަށާއި ޗައިނާގެ އެމަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ބިރުވެރިކަމަކީ ކުރިއަށްއޮތް ތާންގައި މިސަރަހައްދުގައި ހަނގުރާމައާކާއި ދިމާލަށް ދިއުމުގެ ސައިންތައް ފެންނަކަމަށެވެ. މާ ދުރުގައި އޮތް ބާރެއް ގެނެސް މި ސަހަރަހައްދައް ނުވަތަ އިންޑިއާ ކަނޑުގެ ތެރެއަށް ވައްދައިގެން މި މުޅި އިންޑިއާ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލަން އުޅޭ މަންޒަރު ފެންނަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއި ވަރަށް ބިރުވެރި ކަންކަން ކަމަށާއި މާލޭގެ ރައްޔިތުންނަށް ދޭ ޔަގީން ކަމަކީ 2028 ވަނަ އަހަރު އެމްޑީޕީން ވެރިކަމާއި ހަވާލުވެ އުތުރުތިލަފަޅުގައި ގަސްއިންދާފައި އޮތް ނަމަވެސް އެތަން ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ބަދަލުކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: