ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތައް ފުއްދުމަށްޓަކައި ފާސްކުރަން ޖެހޭ 200 އަށްވުރެ ގިނަ ބިލު އެބަހުރި، މަޖިލީހުގެ އެއްބާރުލުން މުހިންމު: ރައީސް

ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް މުއިއްޒު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށްޓަކައި ފާސްކުރަން ޖެހޭ 200 އަށްވުރެ ގިނަ ބިލު އެބަހުރިކަމަށާއި، އެހެންކަމުން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގެ މެޖޯރިޓީ މުހިންމުކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ސަރުކާރުގެ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެގެން ރޭ އެ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ނަތީޖާ ނެރުމަށް މަޖިލިސް އިންތިހާބު ކާމިޔާބުވުން ވަރަށް މުހިންމުކަމަށެވެ. ވެފައިވާ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ދައުރު ބޮޑުކަމަށްވެސް ވިދާޅުވިއެވެ.

ވައުދުތައް ފުއްދުމަށް ގާނޫނަށް ގެންނަ ޖެހޭ އިސްލާހުތައްވެސް އެބަހުރިކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، މިއީ މަޖިލީހުގެ އެއްބާރުލުން ނެތި ނުކުރެވޭނެ ކަންކަންކަމަށެވެ.

އެގޮތުން ރައީސް ފާހަގަކުރެއްވި ބިލްތައް:

  • ބިމާއި ބެހޭ ބިލެއް.
  • ބޯހިޔާވަހިކަމާއި ބެހޭ ބިލެއް.
  • ރިއަލް އެސްޓޭޓާ ބެހޭ ބިލެއް.
  • ބައިބޯވެފައި ހުރި ސިޓީތަކުގައި ހުރި ކަހަލަ ކަންކަން ބައްޓަން ކުރުމަށް ހަދާފައި ހުރި ބިލްތައް.

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު މަޖިލީހުގެ ތެރެއިން ފެނުނު ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުލިބޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފެނިގެންދިޔައީ ސިޔާސީ އޮއިވަރުގައި ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކުރެއްވި ތަންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މީގެ ކުރީގައިވެސް ހަމަ މިފަދައިން ވިދާޅުވެފައެވެ. މީހުން ހިފާ ހައްޔަރުކުރުމުގެ ނުބައި އޮއިވަރެއްވެސް ކުރީ ވެރިކަމުގައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ އެމަނިކުފާނު ބަލައިގަންނަ ކަންތައްތަކެއް ނޫންކަމަށް ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ މިކަންކަން ނައްތާލުމަކީ އެމަނިކުފާނުގެ ވައުދެއްކަމަށެވެ. އިހުލާސްތެރިކަމާއިއެކު މަސައްކަތް ކުރައްވާނީ ވައުދުތައް ފުއްދުމަށްކަމަށް ވިދާޅުވިއެވެ.

އެކަން ކުރެވޭނީ ރައްޔިތުންގެ އިތުބާރާއި، އެއްބާރުލުން މަޖިލިސް އިންތިހާބުގައި ވެސް ދީގެންކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: