ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމެއްގައި އިންނަ ކެންޑިޑޭޓަކު ހޮވުމަކީ އެފޯޑު ކުރެވޭނެ ކަމެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނަމެއްގައި މަޖިލީހުގައި ތިއްބަވާ މެންބަރުން ހޮވުމަކީ މި ދައުރުގައި އެފޯޑު ކުރެވޭނެކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޔަޒްމީދު އަހުމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓުން ނިކުމެ، އަނެއްކާ އިންތިހާބުގައި ވާދަކުރުމުން ޕާޓީއަށް ގޮނޑި ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެންމެ އެކަތިގަނޑަކަށްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ހިޔާލުތަފާތުވުންތަކާއި ޒާތީ ތައައްސުބުން އެއް ފަރާތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ގައުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

ދާއިރާތަކުގެ ތަރައްގީއަށް މި އިންތިހާބުގައި އެންމެ އެއް ވިސްނުމެއްގައި ނިކުތުމުގެ މުހިންމުކަން ތަކުރާރުކޮށް ރައީސް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. އަދި ވިދާޅުވީ އެ ނޫން މަގަކުން މަސައްކަތްކޮށްފި ނަމަ ސަރުކާރަށް ލިބެންހުރި މުހިންމު ގޮނޑިތަކެއް ގެއްލިގެން ދިޔުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

ނައިފަރު ދާއިރާއަށް ބަލާނަމަ އޮތް ހިޔާލު ތަފާތުވުމެއްގެ ސަބަބުން ޕާޓީގެ ޕްރައިމަރީން ހޮވުނު ކެންޑިޑޭޓު ފިޔަވައި، އެހެން މީހަކު ޕާޓީތެރެއިން ނިކުމެ ވަކިން ވާދަކުރަނީ. އެހެންވީމަ އެ ރަށުގެ ގޮނޑި އަޅުގަނޑުމެންގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުމެއްގެ ސަބަބުން ގެއްލި ހިނގައިދާނެ.

ރައީސް ވިދާޅުވިއެވެ.

މަޖިލީސް އިންތިހާބުގައި ނިންމާ ގޮތަކީ ކުރިއަށް އޮތް ފަސް އަހަރާއި ގުޅިފައިވާ ނިންމުމެއްކަމަށް ވިދާޅުވިއެވެ. އަދި ތަރައްގީއާއި ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ދެކިގެން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަކީ މުހިންމުކަމެއްކަމަށް ރައީސް ދޭހަކޮށްދެއްވިއެވެ.

މަޖިލީސް އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ، ވީ ވައުދުތައް ފުއްދުމުގައި ދަތިތައް ކުރިމަތިވާނެކަމަށް ފާހަގަކޮށް، ބަޖެޓު ފާސްކުރަނީ މަޖިލީހުންކަމުން، މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ދިނުންވެސް އޮތީ މަޖިލީހުގެ އަތްމަތީގައިކަމަށް ރައީސް ވިދާޅުވިއެވެ.

ތަރައްގީގެ ހަމަ ގާތްގަނޑަކަށް ހުރިހާ މަސައްކަތްތަކެއް ކުރެވޭނީ މަޖިލީހުން ކޮންމެވެސް ކަހަލަ ރުހުމެއް ލިބިގެން

ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ނިޒާމު ބައްޓަންވެފައި އޮތީ މަޖިލީހާއި ނުލައި، ސަރުކާރު ހިންގޭ ގޮތަށް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: