ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ މާލިއްޔާތު ހަރުދަނާ ވާނީ އެމްޑީޕީގެ ދޯހަޅި އިގްތިސާދީ ސިޔާސަތުތަކަށް ނޫނެކޭ ބުނެގެން: ލަމްޢާން

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މާލިއްޔާތު ހަރުދަނާ ވާނީ އެމްޑީޕީގެ ދޯހަޅި އިގްތިސާދީ ސިޔާސަތުތަކަށް ނޫނެކޭ ބުނެގެންކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.

ލަމްޢާން މިފަދައިން ވިދާޅުވީ ގައުމު ހިންގާނީ ފައިސާ ޗާޕުނުކޮށްކަމަށް، ރައީސް މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ. ހުޅުމާލޭގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އިގްތިސާދު ހަރުދަނާ ކުރުމަށް އެންމެ ފުރަތަމަ ވެސް އެޅި ފިޔަވަޅަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުންކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނާ ގުޅުން ހުރި ހުރިހާ މަޝްރޫއުއެއް ވެސް ކުރިޔަށް ގެންދަނީ ފައިސާ ޗާޕު ނުކޮށްކަމަށެވެ. އެއީ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް ވަރަށް ފަސޭހަ ނިންމުމެއް ނަމަވެސް އެކަން ވެގެން ދާނީ ރައްޔިތުންނާ ގައުމަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީން ވެރިކަމާ ހަވާލުވުމުގެ ކުރިޔަށް ފާއިތުވެ ދިޔަ 40 އަހަރުގެ ތެރޭގައި ޗާޕު ކުރީ ހަ ބިލިއަން ރުފިޔާކަމަށާއި، އެކަމަކު އެންމެ ފަސް އަހަރުގެ ތެރޭގައި އެމްޑީޕީން 08 ބިލިއަން ރުފިޔާ ޗާޕު ކުރިކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ހެޔޮ އެދޭ ވެރިއަކު، މިއީ ހިނގަން ކިރިޔާ ވެސް ރަނގަޅު މަގެއް ނޫންކަމަށާއި ފަހުން ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑުމެން ރައްޔިތުންނަށް ހެޔޮ އެދޭތީ… އަޅުގަނޑުމެން ގެނައި އިގްތިސާދީ އެޖެންޑާގެ އެންމެ މުހިންމުކަމަކީ.. ފައިސާ ޗާޕު ކުރުން ހުއްޓާލުން.. އެކަން ވާނީ ހުއްޓާލާފަ.. ވައުދުވީ ގޮތަށް.. ދެން މިކަން ހަޖަމު ނުވަންޏާ ނުވާންވީ.. އެކަން އެއޮތީކޮށްފައި..

ފައިސާ ޗާޕު ކުރުން ހުއްޓާލައި ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަށް ރައީސް ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) އާއި، ވޯލްޑް ބޭންކު ވެސް މަރުހަބާ ކިޔަ އެވެ.

މިއާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ލަމްޢާން ވިދާޅުވީ ދައުލަތުގެ މާލިއްޔާތު ހަރުދަނާ ވާނީ އެމްޑީޕީގެ ދޯހަޅި އިގްތިސާދީ ސިޔާސަތުތަކަށް ނޫނެކޭ ބުނެގެންކަމަށެވެ.

މިސަރުކާރާ ހަވާލުވިއިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރީ އެންމެ 2 މިލިއަން ޑޮލަރުކަން ލަމްޢާން ފާހަގަކޮށްފައިވެއެވެ. އަދި ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާ އެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައިވާކަމަށްވެސް ލަމްޢާން ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުޢިއްޒުގެ މާލީ ސިޔާސަތު ހަރުދަނާވާނެކަމަށާއި، މުސްތަޤުބަލައް ވިސްނައި، ދިވެހީންގެ ރާއްޖެ މަޖިލީހަށް ހޮވަންވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ކެނޑިޑޭޓުންކަމަށްވެސް ލަމްޢާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: