ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މަސައްކަތް ކުރީ މުޅި ރާއްޖެއަށް ހެޔޮ ބަދަލެއް ގެނައުމަށް: ސޯލިހު

އެމްޑީޕީގެ އެޑްވައިޒަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް --- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖެއަށް ހެޔޮ ބަދަލުގެނައުމަށްޓަކައި ކުރި ބުރަ މަސައްކަތް ފަށައިގަތީ އެމްޑީޕީން ކަމަށް އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގައި “މިސްރާބު ހަމަމަގަށް” ނަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ފެހި ގާނޫނު އަސާސީ ބަލައިގަތް ފަހުން، ވޭތުވެދިޔަ ކޮންމެ އިންތިހާބެއްގައިވެސް އައްޑޫސިޓީ އިން ވޯޓު ދީފައިވަނީ އެމްޑީޕީއަށް ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީއަށް އައްޑޫ ސިޓީން ވޯޓު ދީފައިވަނީ ސަބަބުތަކެއް ނެތި ނޫން ކަމަށެވެ.

އައްޑޫ ސިޓީ އަކީ ފަހުރުވެރި ތާރީހެއް އޮތް ސިޓީއެއްކަމަށާއި ހަމަޖެހިގެން އުފަލުގައި ފުދުންތެރިކަމާއެކު އުޅެއްމުން އައި ސިޓީއެއް ކަމަށް ރައިސް ސޯލިހް ވިދާޅުވިއެވެ. އަދި އެއީ ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާ އާއި ވަޒީފާއަށް ބެލި ނަމަވެސް އައްޑޫގައި ރައްޔިތުން އުޅެމުން އައި ހަމަޖެހިގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަސާސީ ތައުލީމާއި އެކިކަހަލަ ކަންކަމުގައި މާލެއަށް އަންނަން އައްޑޫގެ ރައްޔިތުންނަށް ނުޖެހޭ ކަމަަށް ރައިސް ސޯލިހް ފާހަގަކުރެއްވިއެވެ.

1970 ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތު ތަކަށް އައި ބަދަލުތަކާއި ގުޅިގެން މުޅި އައްޑޫ ވަނީ މަރުވެފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މިކަން މިހެން ވެފައިވަނީ ސިޔާސީ ބޭނުމަށް ނުވަތަ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް އޭރު ވެރިކަމުގައި ތިބި ބަޔަކު ބާރުތައް ކޮންޓްރޯލް ކުރުމަށް އަތް މައްޗަށް ނެގުމަށްޓަކައި ކުރިކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުން އަޅުވެތިކޮށް، ރައްޔިތުން ސަލާން ޖަހާ، ރައްޔިތުން އަބަދުވެސް ސަރުކާރުގައި އާދޭސް ދެންނެވުމަކީ އޭރު އޮތް ސިޔާސަތު… އެސިޔާސަތުގެ ދަށުން މި ފަހުރުވެރި އައްޑޫ ސިޓީ ހަލާކުކޮށްލީ.. ވީރާނާ ކޮށްލީ

އެހެންނަމަވެސް ފެހި ގާނޫނުއަސާސީ އިން އުންމީދުތަކެއް ރައްޔިތުންނަށް ލިބިގެންދިޔަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމްޑީޕީން ކުރި އިސްލާހީ މަސައްކަތުގައި އަންހެނުންނާއި ޒުވާނުންނާއި، އުމުރުންދުވަސްވީ މީހުން ބައިވެރިކ ވަމުން ދިޔަ ކަމަށް ރައީސް ސޯހިލް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައިވެސް ކުރިއެކޭވެސް އެއްގޮތަށް އައްޑޫސިޓީގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީން މިފަހަރު ނަގާނެ ކަމަށެވެ. އައްޑޫއަށް ނިމިދިޔަ ފަސް އަހަރު ކުރި ހަރަދަށް ބަލާއިރު ގިނަ ކަންކަން ކުރެވުނު ކަމަށާއި ހަމައެކަނި މަގު ހެދުމަށްވެސް 77 މިލިއަން ޑިލަރު ހަރަދު ކުރި ކަމަށް ރައިސް ސޯލިހް ވިދާޅުވިއެވެ. ރެސޯޓް ތަރައްގީ ކުރުމަށްޓަކައި 85 މިލިއަން އަދި މިފްކޯ ކޯލްޑް ސްޓޯރޭޖް ތަރައްގީ ކުރުމަށް 68 މިލިއަން ބަޖެޓު ކުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި މީގެ އިތުރަށްވެސް އެތައް މަޝްރޫއެއް ފަށައިފައިވާނެ… އަޅުގަނޑު މެންނަށް ރާއްޖޭގެ ކަންކޮޅުތަކުން ފެންނަނީ މިހެންހުރި ހުރިހާ މޝްރޫއެއް ހުއްޓުމަކަށް ގެނެސްފައިވާކަން… ވެރިކަމަށް އައުމަށްޓަކައި ރައިސް ޑރ. މުއިއްޒު ވައުދުތަކެއްވި.. މިއަދު އަޅުގަނޑުމެންނަށް އެނގެނީ ރައްޔިތުން މިއަދު ގަބޫލުކުރަނީ އެއީ ހެދި ދޮގުތަކެއް ކަމަށް

ރައީސް ޑރ. މުއިއްޒު ހައްދަވަނީ ދޮގު ކަމަށާއި އެކަމާމެދު ޝައްކު ކުރާ އެއްވެސް މީހެއް ނުހުންނާނެ ކަމަށް ރައިސް ސޯލިހް ވިދާޅުވިއެވެ. އަނެއްކާވެސް ކަންބޮޑުވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ދޮގުތަކެއް ހަދަމުން ގެންދާ ކަމަށެވެ. މިިކަން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށާއި އަދި ސުވާލު ކުރެވެން ޖެހޭކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: