ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިއްޖެ!

ގުޅީފަޅު ބިން ހިއްކަން، ދެ ބިލިއަން ރުފިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ބުނެފިއެވެ.

ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި އެ މިނިސްޓްރީން ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށެވެ.  އެހެންކަމުން އެ ހިދުމަތް ތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވާ ކަމަށާއި އަދި ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނަށް ބަލާއިރު:

  • 1250  އަކަފޫޓުގެ 193 ގޯތި
  • 1650  އަކަފޫޓުގެ 663 ގޯތި
  • 2050  އަކަފޫޓުގެ 487 ގޯތި
  • 2450  އަކަފޫޓުގެ 4  ގޯތި

ގިރާވަރުފަޅުން ދެންނެވިފައިވާ ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން 7 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން 14 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 23:00 ގެ ނިޔަލަށް ތިރީގައިވާ ހިޔާވަހި ޕޯޓަލް (ބިންވެރިޔާ ސްކީމް>ރިކުއެސްޓް ކުރެއްވުމަށް) ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އެހެންކަމުން ގިރާވަރުފަޅުން އެ ސައިޒުގެ ގޯތި ލިބިފައިބާ ފަރާތްތަކުން މިއަދުގެ ހެނދުނު 09:00 އަކުން 14 އޭޕްރިލް 2024 ވާ އާދިއްތަ ދުވަހުގެ 23:00 ގެ ނިޔަަލަށް ހިޔާ ޕޯޓަލް ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ގުރުއަތު ނެގުން އޮންނާނެ ތާރީހެއް މި މިނިސްޓްރީން އާންމުކޮށް އިއުލާނެކުރާނެކަމާއި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ހައުސިން މިނިސްޓްރީގެ ވެބްސައިޓްގައާއި ހިޔާވަހި ޕޯޓަލްގައި އާންމުކޮށްފައިވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: