ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމަށް އެދި 35،681 ފޯމް!

ހިޔާ ފްލެޓު ސަރަހައްދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި، ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކަށް އެދި 35،861 ފޯމު ހުށަހަޅައިފި އެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހުއެވެ.

ފޯމްތައް ހުށައެޅުމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި މިކަމަށް ހާއްސަކޮށް “ގެދޮރުވެރިން ޕޯޓަލް” މި ނަމުގައި ވަނީ ހާއްސަ ޕޯޓަލްއެއްވެސް ތައްޔާރުކޮށްފައެވެ.

ފޯމް ހުށައެޅުމަށް އިތުރު ވަގުތުވެސް ދީފައިވާއިރު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދޭނެ ނިޒާމެއް ގާއިމް ކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން ފަރުމާކުރެވުނު “ގެދޮރުވެރިން ޕޯޓަލް” އަށް، ތަކުލީފަކާއި ނުލައި ފޯމުހުށަހެޅުމަށް ހުޅާވާލި ފުރުސަތުގައި ސުންގަޑި ހަމަވިއިރު 35861 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ.

މި މަޝްރުއުގެ ދަށުން ޖުމްލަ 3 ސައިޒެއްގެ ގޯތި ދޫކުރާއިރު، އޭގެ ތެރޭގައި:

  1. ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓުގެ ގޯއްޗެއް
  2. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެއް
  3. ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯއްޗެއް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ކުރިމަތި ލެވޭ ޝަރުތަކުގެ ތެރޭގައި މާލެ މީހަކަށްވުން ހިމެނިފައި ވާތީ، ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން މިކަމަށް އަމާޒުވެ، ދިގު ބަހުސްތަކެއް ކުރެވުނެވެ. އެގޮތުން އަތޮޅުތެރޭގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުންގެ މެދުގައި ފަރަގުކުރުން ގެންގުޅޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މާލެ ސަރަހައްދުގެ ބިމުގެ އަގު ބޮޑޫއިރު، ހިލޭ ގޯތި ދިނުމުގެ ސަބަބުންވެސް ނުރުހުންވުން ފާޅުކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: