ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރުފަޅުން ދޫކުރި 1،327 ގޯތި ގުޅީފަޅަށް ބަދަލު ކުރަން ދިން މުއްދަތު އިތުރުކޮށްފި

ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެއިން ގޯތި ދިނުމަށް ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން ދިން މުއްދަތު އިތުރުކޮށްފިއެވެ.

ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލީ 1،327 ގޯއްޗެެވެ. މި ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށް ނިންމީ، ގިރާވަރުފަޅުން ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ އެ ތަނުން ގޯތި ދީ، ލޭންޑް ޔޫސް ޕްލޭންއަށް ގެނައި ބަދަލުތަކެއްގެ ސަބަބުންނެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައަޅަން ހުޅުވާލި މުއްދަތު ހަމަވީ އިއްޔައެވެ. މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:00 އަށެވެ.

1،327 މީހުންނަށްވުރެ ގިނަ މީހުން މިކަމަށް އެދި ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ގޯތިތައް ބަދަލުކުރާނީ ގުރުއަތު ނަގައިގެންކަމަށް މީގެ ކުރިން ހައުސިން މިނިސްޓްރީއިން ބުނިއެވެ. ނަމަވެސް ގުރު ނަގާނެ ތާރީހު އަދި އިއުލާނެއް ނުކުރެއެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރާ ގޯތީގެ އަދަދު:

  •  1،250 އަކަފޫޓުގެ 193 ގޯތި
  •  1،650 އަކަފޫޓުގެ 663 ގޯތި
  •  2،050 އަކަފޫޓުގެ 487 ގޯތި
  •  2.450 އަކަފޫޓުގެ 4 ގޯތި

ގޯތިތައް ބަދަލު ކުރުމަށް ހުޅުވާލީ، ހިޔާވަހި ޕޯޓަލް މެދުވެރިކޮށްކަމަށްވާއިރު، ގޯތި ލިބިފައިވާ މީހުން ފުރިހަމަކުރަން ޖެހޭ އިގްރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުވުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: