ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރުފަޅުން ދޫކުރި ގޯތި ގުޅީފަޅަށް ބަދަލު ކުރަން އެދުނީ 1،913 މީހުން

ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެއިން ގޯތި ދިނުމަށް ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގިރާވަރުފަޅުން ދީފައިވާ ގޯތި ގުޅީފަޅަށް ބަދަލުކޮށް ދިނުމަށް 1،913 ފަރާތަކުން އެދިއްޖެއެވެ.

މިކަމަށް އެދި ހުށައެޅުމަށް ހުޅުވާލީ 18 އޭޕްރީލްގެ ނިޔަލަށެވެ.

ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލީ 1،327 ގޯއްޗެެވެ. މި ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށް ނިންމީ، ގިރާވަރުފަޅުން ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ އެ ތަނުން ގޯތި ދީ، ލޭންޑް ޔޫސް ޕްލޭންއަށް ގެނައި ބަދަލުތަކެއްގެ ސަބަބުންނެވެ.

1،327 މީހުންނަށްވުރެ ގިނަ މީހުން މިކަމަށް އެދި ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ގޯތިތައް ބަދަލުކުރާނީ ގުރުއަތު ނަގައިގެންކަމަށް މީގެ ކުރިން ހައުސިން މިނިސްޓްރީއިން ބުނިއެވެ. ނަމަވެސް ގުރު ނަގާނެ ތާރީހު އަދި އިއުލާނެއް ނުކުރެއެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރާ ގޯތީގެ އަދަދު:

  •  1،250 އަކަފޫޓުގެ 193 ގޯތި
  •  1،650 އަކަފޫޓުގެ 663 ގޯތި
  •  2،050 އަކަފޫޓުގެ 487 ގޯތި
  •  2.450 އަކަފޫޓުގެ 4 ގޯތި

ގޯތިތައް ބަދަލު ކުރުމަށް ހުޅުވާލީ، ހިޔާވަހި ޕޯޓަލް މެދުވެރިކޮށްކަމަށްވާއިރު، ގޯތި ލިބިފައިވާ މީހުން ފުރިހަމަކުރަން ޖެހޭ އިގްރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުވުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ހުޅުމާލޭގައި ޕްލޭން ކޮށްފައިވާ މަގުތަކަށް އަރާ ކަމަށް މި ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންކަމުން އެ ގޯތިތައް އެހެން ތާކަށް ބަދަލު ކުރަން ޖެހޭ ކަމަކަމަށް ބުންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: