ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމުކުރި ލިސްޓުގައި ސީލައިފް, ގުޅީފަޅު އަދި ހިޔާއިން ފުލެޓު ދޫކުރިފަރާތްތަކުގެ ނަމެއް ނުހިމެނޭނެ: އެޗްޑީސީ

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯތި ލިބުނު ފަރާތްތަކުގެ ނަން ހާމަކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މިއަދު އާންމުކުރި ލިސްޓުގައި ސީލައިފް, ގުޅީފަޅު އަދި ހިޔާއިން ފުލެޓު ދޫކުރިފަރާތްތަކުގެ ނަން ނުހިމެނޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެޗްޑީސީއިން ބުނެފައިވަނީ އާއްމު ކުރެވިފައިވާ ވަގުތީ ލިސްޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލާ އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެއްކަމަށެވެ. އަދި މި ލިސްޓުގައި ހިޔާ ފުލެޓުތަކުން ފުލެޓު ދޫކޮށްލި ފަރާތްތަކަށާއި ގުޅީފަޅުންނާއި އަދި ސީލައިފް އިން ފުލެޓު ގަނެފައިވާ ފަރާތްތަކަށް, ވިނަރެސް މަޝްރޫއިން ފުލެޓު ދޭން ނިންމި އެއްވެސް ފަރާތެއްގެ ނަން ނުހިމެނޭނޭކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެ ކޯޕަރޭޝަނުން ވަނީ ހިޔާ ފުލެޓުތަކުން ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ފުލެޓު ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވިނަރެސް ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައިކަމަށް އެޗްޑީސީ އިން ވަނީ ފާހަގަކޮށްފައެވެ. އަދި ގުޅީފަޅުންނާއި ސީލައިފް ޕްރޮޖެކްޓުން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ވިނަރެސް މަޝްރޫއިން ފުލެޓު ހިޔާރުކުރުމުގެ ފުރުސަތު ދީފައިވާކަމަށާއި، މިއަދު އާންމުކުރި ލިސްޓުގައި އޭގެން އެއްވެސް ފަރާތްތަކެއްގެ ނަމެއް ނުހިމެނޭނެކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޑީސީ އިން ބުނެފައިވަނީ މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިނަރެސް މަޝްރޫއިން ވަކި އަދަދެއްގެ ފުލެޓުވަނީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މާލޭ ރައްވެހިންނަށް ހާއްސަ ކޮށްފައިކަމަށެވެ.

އެގޮތުން މާލޭގައި ދިރިއުޅޭތާ މަދުވެގެން 15 އަހަރު ވެފައިވާ ފަރާތްތަކަށާއި މާލޭގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ހާއްސަ ކުރެވިގެންދާނެކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިނިސްޓްރީއިން ވަނީ ފުލެޓަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދޭނެ އިންތިޒާމެއް ކަނޑައަޅާފައިކަމަށާއި، މިއީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އެންމެ ހައްގުވާ ފަރާތްތަކަށް ފުލެޓު ދިނުމަށް މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ ޝަރުތުތަކެއްކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: