ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލުތަފާތުވުމެއް އައި ނަމަވެސް ދިވެހިންކަން ހަނދާން ނައްތައިލައިގެން ނުވާނެ: ރައީސް

ސިޓީތަކާއި ވެރިކަން ކުރާ ރައްތައް ފިޠުރު އީދަށް ދިއްލުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ކަހަލަ ހިޔާލުތަފާތުވުމެއް އައިނަމަވެސް މިއީ ދިވެހިކަން ހަނދާން ނައްތައިލައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަށްތައް އީދަށް ދިއްލުމަށްޓަކައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ މިފަހަރު މާލެ ސިޓީއާއި ހުރިހާ ސިޓީތަކެއްގައާއި ވެރިކަން ކުރާ ހުރިހާ ރަށެއް އީދަށް ދިއްލާލައިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއް ދިއްލާލުމަކީ އެމްނިފާނުގެ އަމާޒު ކަމަށެވެ. ރައީސް ވިދާޅުވީ އަލްހާ އީދަށް ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރަށްތައް ދިއްލާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ ތެރޭގައިވާ އެއްބައިވަންތަކަން ފުހެވިގެންދާން ނުޖެހޭނެ ކަމަށާއި އަދި ކޮންމެ ކަމެއް ދިމާވިނަމަވެސް އަދި ކޮންމެ ކަހަލަ ހިޔާލު ތަފާތުވުމެއް ކުރިމަތިވިނަމަވެސް އެކަން ހަނދާން ނައްތައިލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިކަން ހަނދާން ނައްތައިލައިގެން ނުވާނެ. އަޅުގަނޑުމެންނަކީ ދިވެހީންކަން. ދިވެއްސަކަށް ވީތީ ފަހުރުވެރި ވާންޖެހޭނެކަން. ދިވެއްސަކަށްވީތީ އަޅުގަނޑުމެންނަކީ ދިވހެހި ގައުމުދެކެ ލޯބިވާ އިސްލާމްދީނަށް ނަސްރުދޭ ބަޔަކަށް ވާނެކަން. އެ އަޒުމު، އެކަންކަމުގައި ހިޔާލުތަފާތުވެގެން ނުވާނެ. އެހެންވީމާ ހުރިހާ ކުޑަކުދިންނަށްވެސް އަޅުގަނޑުމެން މައިންބަފައިން ދަސްކޮށްދޭންވީ މިކަންތައް

އެއްބައިވަންތަ ކަމުގެ އަޒުމު އާ ކުރައްވަން ރައީސް ވަނީ އިލްތިމާޒް ކުރައްވާފައެވެ. އަދި އެއްބައިވަންތަ ކަމާއެކު ގައުމު އާރާސްތު ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: