ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފްގެ ޖަލްސާ ހުއްޓުވުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވޭތޯ ބަލަނީ

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ----- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ ” ޕީޕަލްސް ނެޝަނަލް ފްރަންޓް” ( ޕީއެންއެފް) އުފެއްދުމުގެ ހުއްދަ ނެތި ޢިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް ކުރި މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ހުއްޓުވުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވޭތޯ ބެލުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް އަންގައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ޢިޔާސުއްދީން ސްކޫލް ސަރަހައްދުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހުސާން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރުމަށް އަންގަވާފައި ކަމަށެވެ.

ވަކިން ޙާއްސަކޮށް ”އެސް. އޯ“ ފުލުހުން ޚާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށްވެސް ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ކަމުން ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ފުލުހުންގެ ކަމިޝަނަރަށް ދަންނަވާފައިވާ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާ ރޭ 10:00 ފެށުމަަށް ނިންމާފައިި ވީނަމަވެސް އެޖަލްސާ ފެށޭގޮތްވީ 00:20 ހާއިރު ރާޅުގަނޑު ސަރަހައްދުގައެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ފަށަން ތައްޔާރުވި ނަމަވެސް, ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް, އިތުރު ބަޔަކު އެތެރެއަށް ވަނުން މަނާކޮށްފަ އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް އެޖަލްސާއަށް ވަނުމަށްވެސް ފުލުހުން ހުއްދަ ދީފައިނުވެއެވެ.

މި މައްސަލައިގައި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ  ސިޔާސީ ޕާޓީ ޕީއެންއެފް ބާއްވަން ނިންމި ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ އެހީތެރިކަން ދެއްވައިފއި ކަމަށެވެ. ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނުގުމަށް ހަމަޖައްސައި ދިން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ޙަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު ދާނީ ފަހިކޮށްދެމުންން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ޙަރަކާތްތަކަށް ޖާގަދީގެން، ޤައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެން ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: