ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޕީއެމް މުޒާހަރާތަކުގައި ފުލުހުން އަންހެނުންނަށް ޓާގެޓުކޮށްގެން އަނިޔާކުރި: ހީނާ

ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ސްޕޯކްސްޕާސަން ހީނާ ވަލީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ފުލުހުން އިދިކޮޅުގެ މުޒާހަރާތަކުގައި ބައިވެރިވާ އަންހެނުންނަށް ޓާގެޓުކޮށްގެން އަނިޔާތައް ދެމުންގެންދިޔަކަމަށް ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހީނާވަނީ އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި އެ ޕާޓީއިން ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުންތައް ރޫޅާލައި ސިޔާސީ މަސައްކަތްތަކަށް ފުލުހުންގެ މުއައްސަސާއިން ތަކުރާރުކޮށް ހުރަސް އަޅަމުންދިޔަ މައްސަލައިގެ މައްޗަށް އަލިއަޅުއްވާފައެވެ.

ހީނާ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ދައުރުގައި ނޫސްވެރިންވެސް އިދިކޮޅުގެ މުޒާހަރާތައް ކަވަރުކޮށްފައިވާކަމަށްވުމުން އޭރުގެ ސަރުކާރުން އެއްވެ އުޅުމާއި މިނިވަން ނޫސްވެރިކަން އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާފައިވާ މިންވަރު ސާފުކޮށް ފެންނަން ހުރިކަމަށެވެ. އޭނާ ވިދާޅުވީ، މިދިޔަ ފަސް އަހަރު ދުވަހު ކޮންމެ ދުވަހެއްގައިވެސް ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް އެއްވެސް ގޮތަކަށް ހަރަކާތްތެރިވުމަށް ފުރުސަތު ނުދިން މަންޒަރު ފެނިފައިވާނެކަމަށެވެ.

އެގޮތުން ޕާޓީ އޮފީސް ދޮރުމައްޗާއި އެ ސަރަހައްދު ބަންދުކޮށް އިދާރީ މުއައްޒަފުންނާއި އެހެނިހެން މީހުންނަށްވެސް އެ ސަރަހައްދަށް ނުވަދެވޭ ގޮތް ހެދުން ފަދަ އަމަލުތައް ހިންގިކަމަށެވެ. އެގޮތުން އެ ދުވަސްވަރު ލޯކަލް ކައުންސިލު އިންތިހާބުގެ ދުވަސްވަރާއި ދިމާވުމުން ސިޔާސީ މަސައްކަތްތަކަށް ހުރަސްއަޅައި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ޖާގަ ނުދީވެސް ފުލުހުން ހިފެހެއްޓިކަމަށެވެ.

ހީނާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އަނިޔާކުރަމުންދިޔަތަންވެސް ފެނިފައިވާކަމަށެވެ. އަދި އަންހެނުންނަށް ހާއްސަކޮށްގެންނާއި ޓާގެޓުކޮށްގެން ފުލުހުން އަނިޔާވެރި އަމަލުތައް ހިންގަމުންދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ، ބައެއް މީހުން ފަހާ މަގުތައް މަތީ ފުލުހުން އުޅުނު މަންޒަރުވެސް ފެނިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ހާލަތާއި ނުބައްދަލުގެ ބޭނުންކޮށް ބައެއް މީހުންގެ ލޮލަށް އަމާޒުކޮށް ޕެޕާރ ސްޕްރޭ ޖެހި މައްސަލަތައްވެސް ހުރިކަމަށެވެ. އަދި ނޫސްވެރިންގެ ލޮލަށްވެސް ޕެޕަރސްޕްރޭ ޖަހާފައިވާ މައްސަލަތަކުގެ އިތުރުން އަންހެނުންގެ ލަދުވެތި ގުނަވަންތަކަށް އަމާޒުކޮށްވެސް ޕެޕާރސްޕްރޭ ޖެހި މައްސަލަތައް ފެންމަތިފައިވާކަން ހާމަކުރެއްވިއެވެ.

ހީނާ ވިދާޅުވީ، ނޫސްވެރިންނަށް އަނިޔާތައް ލިބުމާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބުން ފަދަ އެތައް މައްސަލައެއް މިދިޔަ ފަސް އަހަރުގެ ތެރޭގައި ޖެހިފައިވާކަށެވެ. އަދި ހަގީގަތުގައި އެ ދައުރަކީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ހުރަސްއެޅި ފަސް އަހަރުކަމަށެވެ.

ހީނާ ވިދާޅުވީ، އެ ހުރިހާ މައްސަލަތަކެއްގެ އިތުރުން ގާނޫނާއި ގަވައިދުތަކާއި ހިލާފަށް އިންޒާރެއް ދިނުމެއް ނެތި މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަމުންދާ މައްސަލަވެސް ކަމާއި ބެހޭ ފަރާތްތަކަށް ހުށައަޅާފައިވާކަަމަށެވެ. އެގޮތުން ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ތަންތަނަށް މައްސަލަ ހުށައެޅިކަމަށާއި އެހެންނަމަވެސް އިންސާފު ލިބިގެން ނުދިޔަކަމަށްވެސް ހާމަކުރެއްވިއެވެ. އެހެންކަމުން ފެނިގެންދިޔައީ މިދިޔަ ދައުރުގައި މަތިން އޯޑަރުދޭން ހުރި މީހުންގެ އަމަލުތައްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: