ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗް މަހުގެ ނުވަވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 650،404 ފަތުރުވެރިން އައިސްފައިވޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާޗް މަހުގެ ނުވަވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 650،404 ފަތުރުވެރިން އައިސްފައިވާ ކަަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 13.6 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔައަހަރުގެ މި މުއްދަތުގައި ޒިޔާރަށްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 572،748 އެވެ.

މި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 71،138 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރަޝިޔާއިން ރާއްޖެއަށް 65،898 ފަތުރުވެރިން އައިސްފައިވާއިރު، ތިން ވަނައިގައި އޮތް އިނގެރޭސިވިލާތުން 65،731 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެއަށް މިމަހުގެ މިހާތަނަށްވެސް ވަނީ 46،400 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިހާރު ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6570 ފަތުރުވެރިން އާދެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖޭގެ 175 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 15 ހޮޓަލެއް އޮޕަރޭޓް ކުރަމުން ދެއެވެ. އަދި 843 ގެސްޓްހައުސްއަކާއި 147 ސަފާރީއެއް އޮޕަރޭޓް ކުރަމުންދެއެވެ.

ރާއްޖެއަށް މި އަހަރު އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި އަހަރު ރާއްޖެއަށް ދެ މިިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: