ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާއި ގާދޫގައި މެރިޓައިމް ހަބެއް ގާއިމު ކުރުމަށް ސޮއިކޮށްފި

ލ.އަތޮޅުގައި ކުރިއަށް ގެންދާ މަޝްރޫތައް ---- ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ކައްދޫގެ އެއާޕޯޓް އިތުރަށް ތަރަައްގީ ކުރުމަށާއި އަދި އެއަތޮޅު ގާދޫގައި މެރިޓައިމް ހަބެއް ގާއިމު ކުރުމަށް ސަރުކާރާއި ޗައިނާގެ ކުންފުންޏަކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ލ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ލ. ފޮނަދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެއެވެ. އަދި ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެގައުމުގެ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ)ގެ ޖެނެރަލް މެނޭޖަރ ލީ ވޭވޭ އެވެ.

ކައްދޫގެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައި ވާއިރު ކައްދޫ އެއާޕޯޓު އިންޓަރނޭޝަނަލް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

މީގެއިތުރުން ގާދޫގައި ގާއިމު ކުރާ މެރިޓައިމް ހަބު ގާއިމުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ސޮއި ކުރައްވާފައިވާއިރު ޗައިނާގެ ފަރާތުން ސޮއި ކޮށްފައިވަނީ ސީއޭއެމްސީއީގެ ޖެނެރަލް މެނޭޖަރ ލީ ވޭވޭ އެވެ.

މި މަޝްރޫއުގެ ދަށުން ކްރޫޒް ޓާމިންގައި ކަސްޓަމްސް އަދި އިމިގްރޭޝަންގެ ހިދުމަތާއި އަދި ޑިއުޓީ ފްރީ ހިދުމަތް ލިބިގެންދާނެ ކަމަށާއި ޔޮޓް މެރީނާއަކާއި އޮފްޝޯ ބަންކަރިންގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ. މީގެއިތުރުން އިކޯ ޓޫރިޒަމް ރިސޯޓެއް ގާދޫއާއި ފޮނަދޫއާއި ދޭތެރޭގައި އޮންނަ ފަޅު ރަށުގައި ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މަޝްރޫއާ އެކު މަދުވެގެން ދެ ހާހެއްހާ ވަޒީފާ ލ. އަތޮޅުގައި އުފެދޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވަނީ ވިދާޅުވެއްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: